ޚަބަރު

މަހްލޫފް މިނިސްޓަރުކަމުން ސަސްޕެންޑު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވިފައި ވާތީ މިނިސްޓަރުކަމުގެ މަގާމުން ސަސްޕެންޑް ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕީޖީން ގޮތެއް ނިންމަވަންދެން މަހްލޫފް މަސައްކަތުން އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރ މަހްލޫފަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީއަަށް ފޮނުވީ މިއަދުއެވެ.

ދާދި ފަހުން މަޖިލީހުން އާންމު ކުރި، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރު ކުރި ޚިޔާނާތުގެ ލިސްޓުގައި ވެސް މަޚްލޫފްގެ ނަން އޮތެވެ. އެހެން ނަމަވެސް މަޚްލޫފް ވިދާޅުވަނީ އޭނާއަށް އެ ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރީން ވެސް މަހުލޫފް ވަނީ ސަސްޕެންޑް ކުރައްވައިފައެވެ. ނަމަވެސް އަލުން މަސައްކަތަށް ނިކުންނެވުމަށް އެންގެވީ އޭނާގެ މައްސަލައެއް ބަލަމުން ނުދާތީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!