އެކްސިޑެންޓުގައި އެޓެންޑުވި ފުލުސް ވެހިކަލް ވެސް އެކްސިޑެންޓު ވެއްޖެ

ހުޅުމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓަކަށް އެޓެންޑުވި ފުލުހުންގެ ވެހިކަލް ވެސް އެކްސިޑެންޓު ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ބުރިޖު ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުންގެ ވެހިކަލް ހައިވޭގައި މަޑުކޮށްގެން އޮއްވާ، މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް، ފުލުހުންގެ ވެހިކަލްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ޚަބަރު ފުލުހުންނަށް މިއަދު 16:45ގައި ލިބިފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، ފުލުހުންގެ ވެހިކަލްއާއި ދުއްވާފައި ދިޔަ ޕިކަޕަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރައްޔިތުން އަތުން ނެގި މިލިއަނަށް ވުރެން ގިނަ ޖޫރިމަނާ ލާރި ހުންނާނެ އެންނުން ތި ފުލުސް ވެހިކަލް ހަދަން.
އެކްސިޑެންޓް ވީ މަ ޒިންމާވާން ޖެހޭނީ ގަވައިދާ ޚިލާފަށް ދުއްވި ފަރާތް ހެހެ