ޚަބަރު

ކުޅުދުއްފުށީގައި ކަރަންޓީނުގައި ނެތް މީހަކު ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުޅުދުއްފުށީ ސިޓީގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by STELCO

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ދާއޫދު “ދެން”އަށް ވިދާޅުވީ ފައްސިވެފައި ވަނީ 45އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއް ކަމަށެވެ.

ދާއޫދު އިތުރަށް ވިދާޅުވީ އެ ވޭދަނައާ ގުޅިގެން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންދިއުމަށް ވަކިގޮތެއް އަދި ނިންމައިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!