ޚަބަރު

މާލެއިން މިއަދު ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަރަށް މަދު، 160 މީހުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖެއިން މިއަދު އިތުރު 341 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 160 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 153 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 28 މީހުންނެވެ.

މީގެ އިތުރުން ތަރައްޤީ ކުރަމުން އަންނަ ރަށްތަކަކުން އެކަކު ކޮވިޑް-19އަށް މިއަދު ފައްސި ވެފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 69،213 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 53،392 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 191 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުން ދަނީ 146 މީހުންނެވެ.

މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭ އިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.

Ads by Ooredoo
  1. ލޮލް

    ފުންމަ ފުންމައިގެން އަރަން ފަށާ ދެން

  2. މާލޭ ގައި ކޮންޓެކްޓް ޓްެރޭސިން ނަހަދާތީ ބަލިވާ ގިިނަ މީހުން ޓެސްޓް ނުކޔރޭ. މީ ހަގީގަތަކީ