ދުނިޔެ

އެމެރިކާގައި ޓިކްޓޮކަށް އަލުން ހުއްދަ ދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސް ޑޮނާލްޑް ޓްރަންޕްގެ ވެރިކަމުގައި އެމެެރިކާގައި ބޭނުން ނުކުރެވޭ ގޮތަށް މަނާކޮށްފައި އޮތް ޓިކްޓޮކް އަދި ވީޗެޓް ބޭނުން ކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

Ads by Sosun Fihaara

ޓްރަންޕްގެ ވެރިކަން ނިމި، ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަންޕް ކުރައްވައިފައި ހުރި ގިނަ ކަންތައްތަކެއް ކުރިން އޮތް ގޮތަށް ބަދަލު އެބަކުރެވެއެވެ. އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލަން ޓްރަންޕް އަމުުރު ކުރެއްވި ނަމަވެސް ޤާޏޫނީ ގިނަ ސަބަބުތަކަށް ޓަކައި އެ ނިންމުން ފުރިހަމައަށް ތަންފީޒް ވެފައެއް ނުވެއެވެ.

އިއްޔެ ބައިޑަން ނެރުއްވި އަމުރެއްގައި ބުނެފައި ވަނީ ޔޫއެސް ޑިޕާޑްމެންޓް އޮފް ކޮމާޝަލްސްއިން ވަކިވަކި އެޕްލިކޭޝަން ރިވިއު ކުރާނީ، އެ އެޕްލިކޭޝަނަކީ އެމެރިކާގެ ސަލާމަތާ ރައްކާތެރި ކަމަށް ގެއްލުން ހުރި އެއްޗެއް ކަމަށް އެ އިދާރާއަށް ޤާބޫލު ކުރެވުމުން ކަމަށެވެ. އަދި މިފަދަ ބޭންއެއް ކުރެވޭނީ އެކަށީގެންވާ ހެއްކާ އެކުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

2020 ވަނަ އަހަރު ޑޮނާލްޑް ޓްރަންޕް ޓިކްޓޮކް ބޭން ކުރަން ނިންމީ އެއީ ޗައިނާއިން އެމެރިކާއަށް ފާރަލާން ބޭނުން ކުރަމުންދާ އެއްޗެއް ކަމަށާއި އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެއެވެ. ޓްރަންޕް އޭރު ބޭނުންފުޅުވީ ޓިކްޓޮކް ބޭނުން ކުރާ އެމެރިކާގެ ފަރާތްތަކުގެ ޑޭޓާ މޮޑެރޭޓް ކުރަން އެމެރިކާގެ ކުންފުންޏަކާ ހަވާލު ކުރާށެވެ. ޓިކްޓޮކްއިން މިޝަރުތަށް ނޫނެކޭ ބުނުމުން ޓިކްޓޮކް ބޭން ކުރަން ނިންމިއެވެ.

ޓިކްޓޮކްއަކީ އެމެރިކާގައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. މިގޮތުން މަހެއްގެ މައްޗަށް އެމެރިކާގައި އެކަނި 80 މިލިޔަނަށްވުރެ ގިނަ މީހުންމި އެޕް ބޭނުން ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!