ބޮލީވުޑް

ވާރެޔާ ތެމިގެން ވަރުން ކުޑައިރުގެ ހަނދާންތައް އާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވާރެޔާ ތެމުމަކީ އެތައް ބަޔަކު ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް މިއީ އާންމުންނެކޭ އެއްގޮތަށް މަޝްހޫރު މީހުން ވެސް ކޮށްފާނެ ކަމެއް ކަމަކަށް ގިނަ ބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ.

Ads by STELCO

ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަން އިންސްޓަގްރާމްގައި މިއަދު ކުރި ޕޯސްޓަކުން ވަނީ އެފަދައިން ވިސްނާ މީހުންގެ ހިޔާލު ބަދަލު ކޮށްލާފައެވެ.

މިއަދު ފަތިހުން ފެށިގެން މުމްބައިއަށް ވެހެމުންދާ ވާރޭގެ ފޮޓޯތައް ބޮލީވުޑްގެ ބައެއް ތަރިން ވަނީ މީސްމީޑިއާ ގައި ހިއްސާ ކޮށްފައެވެ. އޭގެ ތެރެއިން އެކަކީ ވަރުންއެވެ.

ހުސް ގަޔާ ހުރެ، އޭނަގެ އަމިއްލަ ގޭ ތެރޭގައި ވާރެޔާ ތެމެމުން ވަރުން ބުނެފައި ވަނީ، ވާރެޔާ ތެމެވުމުން އޭނަގެ ކުޑައިރުގެ ހަނދާންތައް އާ ވެއްޖެ ކަމަށެވެ.

ވަރުންގެ އެ ވާހަކަ ތަކުން އޭނާއަށް ވާރެޔާ ތެމުން ވަރަށް ކަމުދިޔަ ނަމަވެސް، މުޅި ދުވަހު އެއްކޮށް ވާރޭ ވެހޭނެ ކަމަށް ބުނެ އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ މުމްބައިއަށް ރަތް އިންޒާރު ނެރެފައެވެ.

އެ އިދާރާއިން ބުނެފައި ވަނީ ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެއްލުންތައް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެހެންކަމުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!