ވަރުން ޝޫޓިންތަކުގައި އުޅޭއިރު އަނބިމީހާ މަތިން ވަރަށް ހަނދާންވޭ

ބޮލީވުޑު ތަރި ވަރުން ދަވަން ޝޫޓިން ތަކުގައި އަވަދިނެތި އުޅޭއިރު އަނބިމީހާ މަތިން ވަރަށް ހަނދާންވާ ކަމަށް އޭނާ ބުނެފިއެވެ.
ވަރުން ދަވަން ކައިވެނި ކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ކައިވެނި ކޮށްފައި ވަނީ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ދަލާލްއާއެވެ.
ކައިވެންޏަށްފަހު މާ ބޮޑު ޗުއްޓީއެއް ނަގާފައިނުވާއިރު، ވަރުން ވަނީ އަނެއްކާ އެނބުރި ޝޫޓިންތަކަށް ދާން ފަށާފައެވެ.
ދާދި ފަހުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަރުން ވަނީ އަވަދިނެތިކޮށް އުޅޭއިރު އަންހެނުން މަތިން ހަނދާންވާ ކަމަށް ބުނެފައެވެ. އަދި ޝޫޓިން ނިންމުމަށްފަހު ވަގުތުން ދަނީ ގެއަށް ، އަނބިމީހާގެ ގާތަށް ކަމަށް ވެސް ވަރުން ވަނީ ބުނެފައެވެ.