ބޮލީވުޑް

ވަރުން އަށް ކަންފަތުގެ ބައްޔެއް ޖެހިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ތަރި ވަރުން ދަވަން ވެސްޓިބިއުލާ ހައިޕޮފަންކްޝަނަށް ޑައިގްނޯޒްވވެފައިވާ ކަމަށް ބުނެފިއެވެ.

Ads by MWSC

ވަރުން އޭނާގެ ވެސްޓިބިއުލާ ހައިޕޯފަންކްޝަން ޑައިގްނޯސިސް އާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން، އޭނާއަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފައެވެ.

ވެސްޓިބިއުލާ ހައިޕޯފަންކްޝަން އަކީ ކަންފަތުގެ އެތެރެ ބަޔަށް ދިމާވާ މައްސަލައަކާ ގުޅިގެން މީހާގެ ބެލެންސް ގެއްލެން ދިމާވާ ކަމެކެވެ.

އޭނާގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅުތައްވެސް ވަނީ އާންމުންނާ ހިއްސާކޮށްފައެވެ. ވަރުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފެތުމާއި ފިޒިއޯ ހަދަމުންދާ ކަމަށެެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުންޏެވެ.

ވަރުން އެންމެ އަވަހަށް ފެނިގެންދާނީ ކްރިތީ ސެނަންއާ އެކު ކުޅޭ ހޮރޯ-ކޮމެޑީ “ބޭދިއާ”އިންނެވެ. ކާމިޔާބު ފިލްމު "ސްޓްރީ" ވެސް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު އަމަރް ކޯޝިކްގެ "ބޭދިއާ" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 25 ގައެވެ.

ވަރުން ދެން ފެނިގެން ދާނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ބަވާލް"އިންނެވެ. ޖާންވީ ކަޕޫރާއެކު ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!