ޚަބަރު

ޕާޓީ ދެބައިވީ ވައުދުވި ކަންކަން ކުރުމަށް ސަރުކާރުން ބޭނުން ނުވީމަ:ހަސަން ލަތީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ޕާޓީ ދެބައިވެފައި ވަނީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުންކަމަށް އެޕާޓީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަރުކާރު ހިންގާ މައި ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީ ދެބައިވެފައިވާކަމަށް އެޕާޓީގެ ގިނަ މެންބަރުން ބުނަމުން ދަނިކޮށް އެޕާޓީގެ ޗެއަރޕާރސަން ވިދާޅުވީ ޕާޓީ ދެބައިވީ ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލުމުން ކަމަށެވެ.

"މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުންނުވީމަ. އެމްއެމްޕީއާރސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާ ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ" ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ވަނީ ބޮޑުވެފައެވެ. މި ހަމަނުޖެހުންތަކުގެ އަޑުގަދަވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ދެއްކެވި ވާހަކަފުޅަކާ ގުޅިގެން މިއަދު ރައީސް ނަޝީދު ބިގޭއަށް ރައްދު ދެއްވުމާއެކުއެވެ. މިއާ އެކު އެފާޓީގެ ބައެއް މެމްބަރުން ސަރުކާރާ އެއްކޮޅަށް އަޑު އުފުލަމުންދާއިރު އަނެއްބަައި މެމްބަރުން ރައީސް ނަޝީދު ދިފާއުކުރައްވާ ދަނީ އަޑު އުފުލަމުންނެވެ.

  1. ހޯލި

    ވައުދުވީ ކޯލިޝަން ރޫޅާލާ ނަޝީދަށް ބޮޑުވަޒީރުކަން ދޭންތޯ؟ އެމްއެމްޕީއާރުސީގެ މައްސަލައިގަވެސް ގާނޫނު ދަންނަ ހެކިތަކެއް ނެތަސް ތަނަކުން ހޯދާފައިވާ މެސެޖްތަކަކަށް ބަލާ ބަޔަކަށް ދައުވާ ކުރަންތޯ އަދި އެވެސް ނަޝީދު ބުނާ ބަޔަކަށް.

  2. ރައްޔިތުން

    ބޮޑުވާހަކައިގެ ނިވަލުން ބައިތުލް ހުސްވެދީ