ޚަބަރު

"ތާހިރު ދިރިއުޅުމަކުން އަލުން މި އޮތީ ފަށަން ޖެހިފައި"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އެމްޑީޕީ ދެ ބައިވެއްޖެ ކަމަށާއި އެކަން ދިމާވި ސަބަބަކީ ރައީސް ނަޝީދު އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުން ކަމަށް އެ ޕާޓީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވުމުން އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކަމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

ޙަސަން ލަތީފް މިއަދު ވަނީ އެމްޑީޕީއާއި ސަރުކާރުގެ މަސައްކަތް ދެބައިވި ސަބަބުތައް ހާމަ ކުރައްވައިފައެވެ.

"މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުންނުވީމަ. އެމްއެމްޕީއާރސީއާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ" ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޙަސަންގެ މި ބަސްތަކާ ގުޅިގެން މުޙައްމަދު ވަޙީދު ވިދާޅުވީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފޫދިޔަ ގޮތެއް ބެލުމަށް ހިންގާ ތަހުގީގުގައި ވަކިވަކި ފުލުހުން ހާޟިރު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުން ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލްގެ މައްޗަށް ދަޢުވާ ކުރުމަށް ހުށަހެޅި މައްސަލަ ވެސް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް މެދުވެރިކޮށް ހުށަހަޅައި އެމްޑީޕީގެ މެމްބަރުންނަށް ނުފޫޒު ފޯރުވައި ބޭރު ކޮށްލެއްވުމުން ޕާޓީ ބައިބައިނުވެ ނޯންނާނެ ކަމަށެވެ.

"ވަރަށް ބޮޑު ތެދުފުޅެއް، ރައީސް ނަޝީދަށް މަރުގެ ހަމަލާއެއް އަރައި ބަލިއެނދުގައި އޮވެ އެކަން ބަލަން ހުށަހެޅި މައްސަލަ ވެސް (ބ.ނާޒިމް ލައްވައި ހުށަހަޅުވައިގެން) އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ނުފޫޒު ފޯރުވައިގެން ފެއިލްކޮށްލުވީމަ ޕާޓީ ބައިބައިނުވެއެއް ނޯންނާނެ" ވަހީދު ވިދާޅުވެފައި ވެއެވެ.

މި ވާހަކަތަކަށް ފަހު މުޙައްމަދު ވަޙީދު ވިދާޅުވެފައި ވަނީ އެމްޑީޕީ އޮތީ އެ ޕާޓީގެ މުހިންމު ޝިއާރެއް ކަމަށްވާ "ތާހިރު ދިރިއުޅުމަކުން" އަލުން ފަށަން ޖެހިފައި ކަމަށެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ އަޑި ނުހޯދޭ ކަމަށް ބުނެ އެމްޑީޕީގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ސަބަބަށް ޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް ފާރަވެރިވުމަށް ކޮމިޓީއެއް ވެސް އުފައްދަވައިފައެވެ.

Ads by HDC
  1. ހުސޭނުބެ

    މިވައްޑެއަކާހުރެ މުޅިދާއިރާއަށް ހުތުރު. ލަދުން ބޯހަލާކު. މީނައަށް ދާއިރާގެ ރައްޔިތުންނާއި ދާއިރާގެ ތަރައްޤީއާއި އެއްމެހާ ދިވެހި ރައްޔިތުންނާ އަދި ލޮބުވެތި ނަބިއްޔާއި މާތްވެގެންވާ އިސްލާމް ދީނަށްވުރެ މުހިންމީ އަންނީގެ ރުހުމޭ ހީވާކަހަލަ.

    • ފަތިސްހަނދުވަރު

      ޥަރަށް ތާހިރު. ޜައްޔަތުން ހަނާވަނީ ނުތާހަރާ ރައްޔަތުން އަނގައާ އަތާ ދިމާނުވެ. ތާހިރު ދެން ވެވޭނީ މިވަރަށް .ބޮލަށް ޗިޕެއް ޖެހޭތޯ އުޅޭ ދެން . ކޮންމެވެސް ބަހަނާއެއް ދައްކާފަ.

  2. ޢަލީ

    ވައްޑޭ ….ތާހިރު ވެރިކަމެއް އެކަލޭގެ ލައްވާ ކުރެވޭނެކަން ޑެންމާކުގައި ދެއްކި ވާހަކަ އެކަނި އަޑު އަހާފަ އެނގޭނެ.އެއަށް ޖަވާބެއް ދޭން ކެރޭނަތަ؟ ނުކެރޭނެ ޖަވާބެއް ދޭކަށް.ވައްޑޭ ޖާހިލު ގަމާރީ……ދިވެހިން މިހާރު އެނުތާހިރު ބޭނުމެއްނޫން.މިހާރު އެ އުޅެނީ ސިމްޕަތީ ހޯދަން.