ޚަބަރު

ކޮވިޑް-19: މާލެ ސަރަޙައްދުން މިއަދު ފައްސިވީ އެންމެ 88 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19އަށް ރާއްޖެއިން އިތުރު 246 މީހުން ފައްސި ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން މިރޭ ދައްކައިފިއެވެ. އޭގެ ތެރެއިން މާލެ ސަރަޙައްދުން ފައްސި ވީ އެންމެ 88 މީހުންނެވެ.

Ads by MWSC

އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަތޮޅު ތެރެއިން މި ބައްޔަށް ފައްސި ވީ 137 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 13 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން 8 މީހަކު ކޮވިޑް-19 އަށް މިއަދު ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު މުޅިއަކު 70،077 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އަދި ބަލިން ފަސޭހަ ވީ މީހުންގެ ޖުމްލަ އަދަދަކީ 58،832އެވެ. ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 11،041 މީހުން ތިބި ކަމަށާއި ހޮސްޕިޓަލުތަކުގައި މިވަގުތު 97 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން ދާ ކަމަށް ވެސް އެޗްޕީއޭގެ ޑޭޓާއިން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ މިހާރު 195އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!