މިއަދުގެ 4 ވަނަ މަރު: ކޮވިޑް-19ގައި އިތުރު އަންހެނެއް ނިޔާވެއްޖެ

ކޮވިޑް-19ގައި ރާއްޖެ އިން މިއަދު އިތުރު އަންހެނަކު ނިޔާވެއްޖެއެވެ.
"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި 196 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون