ވިޔަފާރި

ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ވެސް ކޮޕާ އެމެރިކާ 2021 ބަލައިލެވޭނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި މަހަކީ ފުޓުބޯޅަ ފޭނުންނަށް ވަރަށް ޚާއްސަ މަހެކެވެ.ސަބަބަކީ ޔޫރޯ 2020 ފެށުނުތާ 2 ދުވަސް ފަހުން ކޮޕާ އެމެރިކާ 2021ވެސް ފެށޭތީއެވެ. މި ފޯރިގަދަ މުބާރާތް ފެށެން ހަމަ ޖެހިފައި ވަނީ 14 ޖޫން 2021ގައި ބްރެޒިލްގެ ވެރިރަށް ބްރެޒިލިއާގައެވެ. ކޮޕާ އެމެރިކާގެ ހުރިހާ މެޗެއް ވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗްޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ.

Ads by MWSC

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)"ކޮލިޓީގައި އެއް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސް އިން އެއް ފަހަރާ، އެއް ޔޫސަރ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން މެޗްތައް ބަލައިލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެ ވެސް މެޗްތައް ފަސޭހަކަމާ އެކު ބަލައިލެވޭނެއެވެ. މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސްޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެ ވެސް ބަލައިލެވޭނެއެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ނަމަ ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލައިލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން މި ވަނީ ގިނަ އޮފަރތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެން ވެސް ދިރާގު ޓީވީ ބަލައިލެވޭނެއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން އިތުރު 50% ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެއެވެ.

ކޮޕާ އެމެރިކާގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ 14 ޖޫން 2021 ގެ ރާއްޖެ ގަޑިން 02:00ގައެވެ.

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!