ހަރުކަށި ހިންދޫން މުސްލިމް މުސްކުޅިއަކަށް އަނިޔާކޮށް ތުނބުޅި ބާލުވައިފި

އިންޑިއާގެ ގާޒީއާބާދުގެ ހަރުކަށި ހިންދޫންތަކެއް މުސްލިމް މުސްކުޅިއަކަށް އަނިޔާކޮށް ތުނބުޅި ބާލުވައިފިއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މި އަމަލު ހިންގުމުގައި ހަރުކަށި ހިންދޫންގެ ފަސްމީހަކު ބައިވެރިވެފައި ވެއެވެ. އެމީހުން ވަނީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އަބްދުއްސަމަދު ސައިފީ ކިޑްނެޕްކޮށްފައެވެ. އަދި އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އަބްދުއްޞަމަދު ގައިގައި ލަޓިބުރިން ތަޅައި ފިސްތޯލަ ބޮލުގައި ޖައްސައި ބިރު ދައްކައިފައި ވެއެވެ. މީގެ އިތުރުން އޭނާގެ ތުނބުޅި ކޮށައި ތުނބުޅި ބާލަން މަޖުބޫރު ކުރުވިއެވެ. އެވަރުން ވެސް ނުފުދި އެ މީހުން ވަނީ އެމީހުންގެ ކަލާނގެއަށް ސަނާ ކިޔުމަށް ވެސް ޢަބްދުޞަމަދަށް މަޖުބޫރު ކުރުވައިފައެވެ.
ގާޒީއާބާދުގެ ފުލުހުން ބުނެފައިވާ ގޮތުގައި މި އަމަލުގައި ޝާމިލްވި ހައްދު ފަހަނައެޅި ފަސް މީހުންގެ ތެރެއިން އިސް މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އަނެއް 4 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިންޑިއާގެ ހަރުކަށި ހިންދޫންނަކީ މުސްލިމުންނަށް މިފަދަ ތުރާލާ ދުއްތުރާދޭ އަނިޔާވެރި ބައެކެވެ. އެމީހުން ހިންގާ މިފަދަ އެތައް ކަމެއް މީޑިއާތަކުގައި އަބަދުވެސް ދައުރުވެއެވެ.