އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުން ޝަރީފް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުން އަހްމަދު ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން މިއަދު އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އިންތިހާބުތަކުގައި އިހްލާސްތެރި ކަމާއި އަމާނާތްތެރިކަމާއި އެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު ކަމަށާއި ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށް ވިދާޅުވިއެވެ.
“އިލެކްޝްންސް ކޮމިޝަންގެ މެމްބަރު ކަމުން މިއަދު އަޅުގަނޑު އިސްތިއުފާ ދީފިން، ވޭތުވެދިޔަ 3 އިންތިހާބުގައި އިހްލާސްތެރި އަމާނާތްތެރިކަމާ އެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނު، ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގަ ފެންނާނެ އިންޝާ ﷲ “ ޝަރީފް ވިދާޅުވިއެވެ.