ވިޔަފާރި

ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓްގެ ޚިދުމަތްތައް ކަލައިދޫއަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ލ. ކަލައިދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.

Ads by STELCO

އުރީދޫން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ލ. ކަލައިދޫން ބޭނުން ކުރަން ފަށާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެއެވެ. މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020އާ ގުޅިގެން ކުރިއަށްގެންދާ ޙާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލައިލުމަށް ސުޕަރނެޓް 50އެމް އަދި 100އެމް ނަގާ ހުރިހާ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިކަމާ ގުޅިގެން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެބޭފުޅުންނަށް ދިމާވެފައިވާ ދަތިތަކާ އެކު ވެސް އުރީދޫގެ ޓީމުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން ދިއުމުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު އިތުރުވެ އިންޓަނެޓްގެ މުހިންމުކަން އިތުރުވެފައިވާކަން ފާހަގަ ކުރައްވައި ނިޔާޒް ވިދާޅުވީ، މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް ލ. ކަލައިދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވައިލެވުމަކީ، އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުން ދާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި "ތްރޮޓްލް އިންޓަނެޓް" ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މިގޮތުން ކަލައިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!