ރަލާ އޫރުމަސް އެތެރެ ކުރާ ގާސިމާ ރައީސް މަޝްވަރާ ކުރާކަށް ނުޖެހޭނެ: ބޮންޑޭ
އިސްލާމުންނާ ދިމާލަށް ކާފަރަށް ގޮވުން މަނާކުރުމަށް ޓަކައި ، ރަލާ އޫރުމަސް އެތެރެކުރާ ގާސިމްއާއި ރައީސް މަޝްވަރާ ކުރަން ނުޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ ނަފްރަތު އުފެއްދުން ހުއްޓުވުމުގެ ބިލާ ބެހޭ ގޮތުން މަޝްވަރާ ނުކުރާ ކަމަށް ޖުމްހޫރީ ޕާޓީން ބުނި ހަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.
"އިސްލާމުންނާ ދިމާލަށް ކާފަރަށް ގޮވުން މަނާކުރުމަށް ޓަކައި ، ޓަނުން ޓަނުން ރާއްޖެއަށް ބަނގުރާ އޫރުމަސް އެތެރެކުރަމުންދާ ފަރާތަކާ ނުވަތަ އިބިލީހާ ރައްޔިތުން ގެ ވޯޓުން އިންތިހާބުކޮށްފައިވާ އިސްލާމީ ދައުލަތެއްގެ ވެރިޔަކު މަސްވަރާކުރާކަށް ނުޖެހޭނެއެވެ.!" މިހާރު ނޫހުގެ ހަބަރާއެކު ބޮންޑޭ ކުރި ޓްވީޓްގައި ވިދާޅުވިއެވެ.
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި އިސްލާހަށް ގިނަ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވާ މިދަނޑިވަޅުގައި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ބުނަމުން ދަނީ އެބިލް މަޖިލީހަށް ހުށައެޅީ އެ ޕާޓީތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަމަށެވެ. މިގޮތުން އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބުރޯޯ ޑޫޫ ޔޫޫ ނީޑްް ސަމްް ކޭޝް ؟
“އިބިލީސް” މިފަދައިން ބުނުމަކީ ނަފުރަތުގެ ޢަމަލަކަށް ނުވޭތަ؟ ތިމާމެން ކޮށްފިނަމަ އެކަމެއް އެކުރެވުނީ ރަނގަޅަށް. އެހެން މީހަކު ކޮށްފިނަމަ އެއީ ކޮށްގެން ނުވާނެ ނަފުރަތުގެ ޢަމަލެއް. ހަމަޔާ އިންސާފަކީ ކޮބާ؟ ދިވެހި ރައްޔިތުންނަށް ތިޔަދެނީ ވޭންދެނިވި އަނިޔާ.
ބޮންޑާ ބުރާންޗާ. ކިތަންމެ ފުއްޕިޔަސް ބުރުމާ ހިނގި މަކަުންވެސް ނުހިނގޭނެ. ހަމަ ހޭރި ހޭރިތިބެން ޖެހޭނީ ދައުލަތުންވެސް އަދި ބޮންޑާލައްވަވެސް ބުރުމާ ބޭނުންކަމެއްކުރާނެ. ބާރަށް ތިހަޅޭލަނީ ކޮންމެސް އެއތިވަރުތަކެއް ހޯދަންދޯ. ވޯޓެއް ވިއްކާލައިގެންވެސް މިހާރަކު ލާރިއެއް ލިބެނީ އެއްނޫން. އަންނިއަށް ލާރިދިނީމަ މިހާރުނިމޭ ވިއްޔަދޯ ހުރިހާކަމެއްވެސް.