ވިޔަފާރި

ގޭގައި ތިބެގެން މިހާރު ދިރާގު ޕްރީޕެއިޑް ރީލޯޑް ކޮށްލެވޭނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި ދުވަސްވަރަކީ ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ހުރިހާ ޚިދުމަތެއް ވެސް ހޯދުމަށް އިލްތިމާސްކުރަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން، ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް އަބަދުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާ އެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ. އޭގެ ތެރޭގައި:

Ads by STELCO

ދިރާގު މޮބައިލް އެޕްލިކޭޝަން

- ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށް ފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށް ފަހު އަނެއްކާ ވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށް ފަހު “Continue”  އަށް ފިތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެއެވެ.
- ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް - https://www.youtube.com/watch?v=XF4LuBsQ-JM

ދިރާގު ވެބްސައިޓް

- ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ Easy TopUp” އަށް ފިއްތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށް ފަހު “Continue” އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަން ބޭނުންވާ ގޮތް ޚިޔާރުކުރުމަށް ފަހު “Continue” އަށް ފިއްތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.

ދިރާގު ޕޭ

- ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށް ފަހު “Reload my mobile”  ނުވަތަ “Reload Another”އަށް ފިއްތާލާށެވެ. އެއަށް ފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.
- ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެއެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!