ޚަބަރު

މަހްލޫފް ޝިއުނާއަށް: މައްސަލަ ކުޅޭ ކުޅިވަރަކަށް ހަދައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ:ސަން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި މައްސަލައިގައި ބައެއްކަންކަން ރަނގަޅު ކުރަން ފީޖީން އޭސީސީއަށް އެންގުމުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާއަށް، މިނިސްޓަރ މަހްލޫފް ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަހްލޫފް ވިދާޅުވީ މައްސަލަ ފޮނުވަން އޭސީސީން ބަޔާނެއް ނެރުނުއިރު އަނބުރައި ފޮނުވާލުމުން ތިއްބެވީ ހަނު ކަމަށާއި ކަންކަން ކުރަން ނޭންގެންޏާ އިސްތިއުފާ ދެއްވީމަ މާރަނގަޅު ވާނެކަމަށެވެ.

"މައްސަލަ ފޮނުވަމުން އޭސީސީ އިން ބޮޑު ބަޔާނެއް ނެރެފަ،އަނބުރާ ފޮނުވާލީމަ މިތިބެނީ ހަނު. ޤާނޫނީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ،އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން،ކަންކުރަން ނޭގެންޏާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ." އޭސީސީގެ ރައީސާއަށް ފާޑު ކިޔުއްވާ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަހްލޫފަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި މައްސަލައިގައި ދައުވާ ކުރި ބައެއް ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް ޕީޖީ އޮފީހުން ވަނީ އަންގަވައިފައެވެ.

އެގޮތުން އެ މައްސަލާގައި މީގެ ކުރިން މި އަހަރުގެ ފެބުރުއަރީ މަހުގައި އިސްލާހް ކުރުމަށް އެންގި ކަންކަން އިސްލާހްކޮށްފައި ނުވާ ކަމަށާއި އޭގެ އިތުރުން މައްސަލައިގެ ބައެއް ލިޔުންތައް ވެސް ހިއްސާކޮށްފައި ނުވާކަމަށް ފީޖީ އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން ލިޔުންތައް ހިއްސާކޮށް އެކަންކަން ރަނގަޅު ކުރުމަށް ޕީޖީން ވަނީ އޭސީސީއަށް ލިޔުމަކުން އަންގަވައިފައެވެ.

Ads by Ooredoo
  1. މަސްއޮޑި

    މަހޭޭ އިންޓަަ ނޭޝަނަލްް ކޯޓުގާާ ދައުވާާ ކުރައްވާާ ގާބިލްް ކަންް ނެތީމަަ މަގުމަތިި ސާފުކުރާާ ކަމިޝަންް