އެޑްވަޓޯރިއަލް

ފޯރިގަދަ ޕޯޗުގަލްއާއި ޖަރުމަން މެޗު ސްޓްރީމް ކޮށްލަން ދިރާގުން ކޮމްބޯ ޕްލޭނެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޔޫރޯ2020 މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންއެއް އެކްޓިވޭޓްކޮށްލައިގެން %50 އިތުރު ޑޭޓާ ޖޫން މަހުގެ ނިޔަލަށް ލިބިގެންދާނެއެވެ. މިއީ މިރޭ ޕޯޗުގަލްއާއި ޖަރުމަނު ވިލާތު ވާދަކުރާ ފޯރިގަދަ މެޗް ބަލައިލުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ.

Ads by MWSC

މޮބައިލް ފޯނުތަކުން ސްޓްރީމް ކުރުން އިތުރު ވެފައިވާ މި ދަނޑިވަޅުގައި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޮބައިލް ފޯނުން ސްޓްރީމް ކޮށްގެން ބަލައިލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށް ފަހު "ސްޓްރީމިންގ ޕަރކް" ހިޔާރުކޮށްލައިގެން 1 ޖީބީ ހިލޭ ޑޭޓާ ސްޓްރީމް ކޮށްލަން ލިބޭނެއެވެ. ދިރާގު ޕްލޭ އެޕުން މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެ ވެސް ބަލައިލެވޭނެއެވެ. ދިރާގު ޕްލޭގެ މަހު ފީއަކީ ޖީއެސްޓީއާ ނުލައި މަހަކު އެންމެ 65 ރުފިޔާއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާ އެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން، އިތުރު ހިލޭ "ޕަރކްސް" ވެސް ލިބިގެންދާނެއެވެ. މި ހިލޭ ޕަރކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރަން ވަކިވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ.

ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާއިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށް ފަހު 343އަށް އެސް.އެމް.އެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަޤުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/2U51U89

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!