ވިޔަފާރި

ކިއުއާރ ކޯޑް ޚިދުމަތް ނެތުމުން ގިނަ ބަޔަކަށް ބީއެމްއެލް މޯބައިލް އެޕްގެ އަޕްޑޭޓް ކަމަކު ނުދިޔަ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަދު މީސްމީޑިއާގައި އެންމެ އަޑު ގަދަކޮށް ދެކެވުނު އެއް ވާހަކައިގެ ތެރޭގައި ދިވެހި ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިންގް އެޕް ގިނަ ދުވަސްތަކަކަށް ފަހު ރީ ބްރޭންޑް ކުރި ވާހަކަ ހިމެނެއެވެ.

Ads by Sosun Fihaara

ބޭންކް އޮފް މޯލްޑިވްސްގެ އެޕަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް އެ ކުންފުނިން އިސްތިހާރު ކުރަމުން ދިޔަ ނަމަވެސް ކަސްޓަމަރުން ހިތް އެދޭ ފަދަ ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ. މިގޮތުން އެންމެ ގިނަ ބައެއްގެ އެއް ޝަކުވާއަކީ ކިއު އާރ ކޯޑް ސްކޭންކޮށްގެން ޕޭ ކުރެވޭ ގޮތަށް ނުވަތަ އެކައުންޓް ނަންބަރު ސޭވް ކުރެވޭ ފަދަ ފީޗަރއެއް ނެތުމެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ބޭންކްތަކުގައި މޯބައިލް ބޭންކިންގް އެޕްތަކުގައި ހުންނަ ފީޗަރއެކެވެ.

މޯބައިލް ޕޭ އެޕްގައި މި ކިއުއާރކޯޑް ސްކޭންކޮށްގެން ފައިސާ ދެއްކޭ ޚިދުމަތް ހުޅުވައިލައިފައި އޮތްއިރު، މޯބައިލް ބޭންކިންގް އެޕަށް މިފަދަ ފީޗަރއެއް ގެނެސްފިނަމަ ގޭގައި ތިބެ އަމިއްލަ މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ ކާޑުތަކުން 250 ޑޮލަރާ ހަމައަށް ކެނޑޭ ގޮތަށް ލިމިޓްކޮށްފައި އޮތް އޮތުމުން، މިހާރުވެސް ގިނަ ކުދި ވިޔަފާރިތައް ބަނގުރޫޓްވެފައިވާއިރު، އެޕް އަލުން ޑިޒައިން ކުރިއިރު، މިފަދަ ކަންކަމަށް ވިސްނާނެ ކަމަށް ގިނަ ބަޔަކު ވަނީ އުންމީދުކޮށްފައެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ވެސް ބީއެމްއެލްއަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

މިގޮތުން ބައެއް މީހުން ބުނެފައި ވަނީ އަވަސް މުސްތަޤްބަލެއްގައި މިފަދަ ފީޗަރއެއް ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށެވެ.

ބީއެމްއެލް އިން ރާއްޖޭގެ ޑޮލަރުގެ މާރުކެޓް ދަށް ކަމަށް ބުނެ ވާޗުއަލް ވޮލެޓްތަކާއި ޓްރޭޑިންގް އެޕްތަކުގައި ބީއެލްއެމްގެ ކާޑް ބޭނުން ނުކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ. މިގޮތަށް ހެދުމުގެ ސަބަބުން ޓްރޭޑްކޮށްގެން އާއްމުދަނީ ހޯދާ ގިނަ ބަޔަކު ވެސް ވަނީ ބިކަވެފައެވެ.

ބީއެމްއެލްގެ އެޕްލިކޭޝަނަށް ތަޢާރަފް ކުރި ބައެއް ފީޗަރތައް ތިރީގައި އެވަނީއެވެ.

  • ކުއިކް ޕޭ، ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭ ފަސޭހަ ގޮތެއް
  • ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް
  • ކުރިންކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް
  • ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓް ވެސް އެޕް މެދުވެރިކޮށް ބޭނުން ކުރެވޭނެ
  • ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުން
  • ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!