ޚަބަރު

އަލީ ވަހީދުގެ މައްސަލަ ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ނުޖެހި ޕީޖީ ހައި ކޯޓަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ނުޖެހި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފައި މިވަނީ އޮންލައިންކޮށް، ދިވެހިރާއްޖޭގެ އިހްތިސާސް ނުހިނގާތަނެއްގައި ހުންނަވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިިންމުމުން، އެ ޝަރީޢަތަކީ ހިންގޭނެ ޝަރީޢަތެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.

ޕީޖީ އޮފީހުން މިކަމާ މެދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައި ވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި މައްސަލައިގެ އަޑުއެހުން ފެށުމާ އެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޒުކޮށް، އެކަން ވެފައިވާގޮތް ސާފު ކުރުމަށް ޝަރީޢަތާ ސުވާލުކުރި ކަމަށެވެ.

މިއީ ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެކަން ވެސް ފާހަގަ ކުރަމުން ޕީޖީ އޮފީހުން ބުނީ، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

އެ އޮފީހުން އިތުރަށް ބުނީ ޖަވާބުގައި މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައި ވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅައިފައިވާކަން ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

Ads by PNC
  1. ޣަލަތު

    އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް ވާނަމަ ދަނެގަނެވޭ ގޮތަށް ހަދަންވީނު! ތިޔަ ޖަހާ ސަކަރާތަކީ ރޭވިގެން ތިޔަ މައްސަލަ ނުބަލާ ވަގުތު ދުއްވާލުން ކަމުގައި އެބަހީވޭ. ތިޔަ މީހަކު ފޮނުވާލީވެސް ހަމަ އެނގިތިބެކަން މިޤައުމުގެ އެންމެނަށް އެބަ އެނގޭ.

  2. ރައްޔިތެއް

    އިންސާފުގާއިމުކޮށް ހެޔޮވެރިކަން ކުރާތަން އެބަފެނެއެއްނު. ޚިޔާނާތުގެ ފައިސާނެގި ބޮޑެތިވަގުން މަޖިލީހުގައި ތިބެގެން ކޮންއިންސާފެއް ގާއިމުކުރެވޭނީ. މޮޅުމީހާއަށް މޮޅުގޮތް ދެރަމީހާއަށްދެރަގޮތް. ެއަލީވަހީދުގެ މައްސަލައެއްވެސް ނުބެލޭނެ .