ގެއްލިގެން ހޯދަމުންދިޔަ އަބޫބަކުރު ފެނިއްޖެ

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދިޔަ 20 އަހަރުގެ އަބޫބަކުރު އިބްރާހިމް ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އަބޫބަކުރު މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މި ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ.
ފުލުހުން ވަނީ އަބޫބަކުރު ހޯދުމަށް ފުލުހުން ކުރި ޕޯސްޓު ހިއްސާ ކުރެއްވި ފަރާތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.