ޚަބަރު

ކުޑަ ކުއްޖާ މަރައިލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މުއްދަތު ޖަހާ މަޖިލިސް ސިއްރުކުރަން ނިންމައިފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރައިލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް މުއްދަތު ޖެހުމަށް ބާއްވާ މަޖިލިސް ސިއްރު ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

Ads by MWSC

މި މައްސަލައިގެ ތުހުމަތުގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ކޯޓު އަމުރުގެ ދަށުން ހައްޔަރު ކުރެވިފައިވާއިރު، މުއްދަތު ޖެހުމަށް ހަމަޖެހިފައި ވަނީ އެތަނުން 27 އަހަރުގެ މީހާ އަށެވެ. އޭނާގެ ބަންދަށް މުއްދަތު ޖެހުމުގެ ޖަލްސާ ސިއްރުކުރުމަށް ނިންމައިފައި ވަނީ، މި މައްސަލައަކީ ކުޑަކުއްޖެއްގެ ހައްގު އެކުލެވޭ މައްސަލައަކަށް ވުމުން، އެކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ޓަކައެވެ.

މި މީހާގެ މައްޗަށް ބަންދުގެ މުއްދަތު ޖެެހުމަށް ޓަކައި ބޭއްވޭ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮންލައިން ކޮށެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި މޫދުގައި ފޮއްޓަކަށް ލައިފައި އޮއްވައެވެ. މިކުއްޖާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ކުއްޖާ ހޯދަމުންދިޔަތާ ދެވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!