ސްޓެލްކޯގެ 24ވަނަ އަހަރީ ދުވަސް: އެޗްއީއޯސީއަށް އަގުހުރި ހަދިޔާތަކެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ 24ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި މަސައްކަތްކުރާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.
ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނޭނީ އެޗްއީއޯސީގައި މަސައްކަތްކުރާ ފަރާތްތަކަށް، މަސައްކަތުގައި އުޅޭ ވަގުތު ބޭނުންކުރެވޭ ފަދަ ތަކެތިކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު އެޗްއީއޯސީއަށް ތަކެތި ހަދިޔާކުރުމުގެ އިތުރުން، އެ ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތަކުން ވަމުންގެންދާ ގުރުބާނީ، ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި މަހުގެ 19 ވަަނަ ދުވަހު ސްޓެލްކޯއަށް 24 އަހަރު ފުރިފައިވާ އިރު، އެދުވަހުގެ މުނާސަބަތުގައި ލޭ ހަދިޔާކުރާ ކޭމްޕެއް ވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.