ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓަރތަކުން ދެ ގުނަ އިތުރު ޑޭޓާ!
ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައިތިބުމަށް އަންގަވައިފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރތަކެއް ވަނީ މިދިޔަ މޭ މަހުން ފެށިގެން ދޭން ފަށައިފައެވެ. އޭގެ ތެރޭގައި ދިރާގު ޚިދުމަތްތަކުން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކުން %100 އިތުރު ޑޭޓާ އެލަވަންސް ދޭން ވެސް ނިންމައިފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރައްވާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. މީގެ އިތުރުން ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އަދި ދިރާގު ޑޭޓާ ސިމްއިން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކުން ވެސް %100 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ް
އެގޮތުން ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ދިރާގުން އުންމީދުކުރަނީ ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށެވެ.
ދިރާގުން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށެވެ.