ކޮވިޑް-19އަށް ރާއްޖެއިން މިއަދު ފައްސިވީ އަދަދުތައް އިއްޔެއަށްވުރެ މަދު

ރާއްޖެއިން މިއަދު އިތުރު 212 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 52 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 157 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 2 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން އެކަކު މި ބައްޔަށް ފައްސި ވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 72،678 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 68،197 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 210 މީހުން ނިޔާވެފައިވެއެވެ.