ޚަބަރު

ދެކުނުގެ ރަށެއްގައި 8 އަހަރުގެ ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދެކުނުގެ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by MWSC

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް “ދެން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫ އަތޮޅުގެ ރަށެއްގައި ބިދޭސީއަކު 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މިހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!