ޚަބަރު

އެމްއެމްޕީއާރްސީގެ ޚިޔާނާތު މައްސަލަ މިދަނީ އިބިލީހުގެ ކައިވެންޏަށް ވަމުން: މީކާއިލް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މެމްބަރު މީކާއިލް އަހުމަދު ނަސީމް (ގަލޮޅު ދެކުނު) -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލަ މިހާރު "އިބިލީހުގެ ކައިވެންޏަށް" ވެގެން ގޮސްފި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސަންގުޓީވީން މިރޭ ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ އިބިލީހުގެ ކައިވެންޏަށްވެ ނިމިގެން ދަނީހެން އެމަނިކުފާނަށް ހީފުޅުވާ ކަމަށެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ގަދަޔަށް ދެއްކި އެއް ވާހަކައަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އިންސާފު ހޯދައިދީ އެ ފައިސާތައް އަނބުރައި ދައުލަތަށް ހޯދައި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ ވާހަކަތައް ކަަމަށް ވެސް މެމްބަރު މީކާއިލް ވިދާޅުވިއެވެ.

"އެހެންނަމަވެސް ސަރުކާރަށް މިހާރު ތިން އަހަރު ވެގެން މިދަނީ. ރައްޔިތުންގެ މަޖިލީހަށް ގާތްގަނޑަކަށް ދެ އަހަރާ ބައި ވެގެން ދާއިރު އެމްއެމްޕީއާރްސީ މައްސަލައިގައި ކުރެވުނީ ކޮންކަމެއްތޯ އަދި ފިޔަވަޅު އެޅުނީ ކޮން ބަޔަކަށްތޯ ފިޔަވަޅު އެޅުނު މީހުންނަށް ބަލައިލާއިރުގައި ހިމެނެނީ ކުރީގެ ރައީސް ޔާމީނާއި ނައިބު ރައީސް އަދީބާ އެމަނިކުފާނާ އެކު ބައިވެރިވި ދެތިން މީހަކު ފިޔަވާ ދެން ހަމަ އެއްވެސް މީހަކު ނެތް މި މައްސަލައިގައި ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅާފައި" މީކާއިލް ވިދާޅުވިއެވެ.

މީގެއިތުރުން މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި ސަރުކާރުގެ ބާރު އޮންނަ ފަރާތަކަށް މި މައްސަލައިގައި ފާޑުކިޔުން އަމާޒު ނުވާނެ ހަމަ އެއްގޮތެއް ވެސް ނެތް ކަމަށެވެ. އަދި މަޖިލީހުން އިސް ނަގައިގެން އެމްއެމްޕީއާރްސީގެ ލިސްޓު ރައްޔިތުންނަށް ހާމަ ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.

Ads by PNC
  1. ޢަލީ

    ”އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ގަދަޔަށް ދެއްކި އެއް ވާހަކައަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އިންސާފު ހޯދައިދީ އެ ފައިސާތައް އަނބުރާ ދައުލަތަށް ހޯދައި އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމޭކީ” އިންތިހާބު ކާމިޔާބުކުރަން އެކަންވެއްޖެ، ވެރިކަމަށް އައިސް ކުރަން ބޭނުން ހުރިހައިކަމެއްވެސް ކުރެވޭއެބަ ދެން ކޮންވާހަކައެއް ދައްކާކަށް

  2. ރައްޔިތެއް

    އެމައްސަލައެއްނުބަލާނެ. ތީމަހަ އަޅުވާލާއަދުނެއް . ކާކުތައަމިއްލަ ބޮލަށް ބަޑިޖަހާނީ. ތިތާކުއެވަރުގެ މީހަކުނެތް.

  3. ޢެބިލޭސް

    4 ސްލޮޓް ފުލް ކޮށް އުޅެނީ . 1 ސްލޮޓް ހުސް ކޮށް ލާފަ ތި ކަމާއި އުޅެވޭނީ. ކައިވެންޔަށް އިންވައިޓު ކޮށްލަން ދެން މަޑުކޮށްލާ . ޢަދި ޓެކުސް އަށް ނާރާ ވަރު ގެ ހަދި އާ ރެޑީ ކޮށް ލައިގެން ތިބޭ.

  4. ސައްލޭ

    މިހާރު އެޕް.ޕީ.އައި.ޑީ.ގެ ވާހަކައެއް ނެތް.އެއަރމޯލްޑިވްސް ގެ ވާހަކަ އެއްވެސް ނެތް.މިވެރިކަމާއެކު އެމް.އެމް.ޕީ.އާރް.ސީ.ވާހަކަ ވެސް ހުއްޓޭނެ. މާރިޔާ ކިޔެވީ އެފް.ޕީ.އައި.ޑީ.ލާރިން.