ބޮންޑޭގެ ސުވާލެއް: މި ގައުމުގެ ހޯމް މިނިސްޓަރަށް ގާނޫނީ ވާޖިބު އެނގޭތޯ؟
މަސްތުވާތަކެތި އަތޮޅުތެރެއާއި މާލޭގެ ކަންމަތީ ފިހާރަތަކުން ސުޕާރީ ގަންނަހެން ލިބެން ހުންނަކަމަށާއި އެ ހޯދުމަށް އިންޓެލިޖެންސް ބޭނުން ނުވާނެކަމަށް ވިދާޅުވެ މިގައުމުގެ ހޯމް މިނިސްޓަރަށް ގާނޫނީ ވާޖިބު އެނގޭތޯ އައްސަވައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ސުވާލު ކުރައްވައިފިއެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި ފުލުހުން ދަނީ އެކިއެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިއަދު ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތީގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ "ހަތަރު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފި" ކަމަށެވެ. އެ ޓްވީޓް ކުރައްވާ ބޮންޑޭ ވަނީ މިގައުމުގެ ހޯމް މިނިސްޓަރަށް ގާނޫނީ ވާޖިބު އެނގޭތޯ ސުވާލު ކުރައްވައިފައެވެ.
"އަތޮޅުތެރެއާއި މާލޭގެ ކަންމަތީ ފިހާރަތަކުން ސުޕާރީ ގަންނަން ލިބޭހެން ލިބެން ހުރި އެއްޗެއް ވިއްކާ ބަޔަކު ހޯދަން ކޮން އިންޓެލިޖެންސެއްތޯ ؟ މާލޭ 4 އަވަށުގައި ދުވާލަކު އެއްފަހަރު ބުރެއް ޖެއްސަސް ޑަޒަނެއް އަތުވާނެ ! މިގައުމުގެ ހޯމް މިނިސްޓަރަށް ގާނޫނީ ވާޖިބު އެނގޭތޯ؟ ކޮބާތޯ ވަޒީރު؟" ބޮންޑޭގެ ޓްވީޓްގައި ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ހަތަރު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 26 އަަހަރުގެ ފިރިހެނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހިންކަމަށް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާ ތަކެތީގެ މައްސަލާގައި ހަޔަރު ކުރި ގިނަ މީހުން ދޫކޮށްލުމުގެ އެތެރޭގައި އިސްކޮށް އުޅުނީ ބޮންޑޭ ކަަމަށް ރައްޔިތުން ބުނަނީ.ދެން ކޮން ހޯމް މިނިސްޓަރޭ ޤާނޫނޭ ކިޔާކަށް!
ކަލޯ ތިސޮރާއި އިމްރާނާ އަޅުކިޔައިފިނަމަ ތިސޮރު ގުއިފުހޭ ކަރުދާހައްވެސް ކަމުނުދާނެ