ޚަބަރު

ސުޕުރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ: އާދަމް ޝަރީފް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުالله ޔާމީން އަބްދުލް ގައްޔޫމަށް ސުޕުރީމް ކޯޓުން އިންސާފު ލިބި މިނިވަން ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް “ސަން”އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ޔާމީންގެ ޝަރީއަތަށް ކިތަންމެ ނުފޫޒެއް ފޯރުވި ކަމުގައި ވީ ނަމަވެސް ސުޕުރިމް ކޯޓުން އެމަނިކުފާނަށް ފުރިހަމަ އިންސާފު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު އިއްވި ޖަލު ހުކުމަކީ އިންސާފުވެރި ގޮތަކަށް ނިންމި ނިންމުމެއް ނޫން ކަމަށް ސުޕުރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ވެސް ގަބޫލު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސުޕުރީމް ކޯޓުން އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖަލުގައި ހުންނަވާ ސިޓީއެއްގެ ޒަރިއްޔާއިން ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން ކަމަށާއި، ޖަލަށް ލާފައިވަނީ އެ ކޯލިޝަންގެ ފިކުރު ދެކެ އަދުގެ ސަރުކާރު ބިރުގަނެ އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލު އޮތުމުން ކަމަށެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ.

  1. ސައީދު

    ޝަރީފަށް ހީވަނީ ދޯ އިންސާފް ނުލިބޭނެހެން އޭނަ ކުރި ވައްކަމަކަށް ދޯ އަދަބު ކަނަޑަ ްއޅިފައި އެހުރީ ދެން ކޮން އިންސާފެއް ނުލިބިގެ ތިއުޅެނީ

  2. ނަރުދޫ ހަސަނު

    އިންސާފު ހޯދާފަ އިންސާފާ އެކު ފޮނުވާލަ އަރިހުގަ ރުބެލް ވެސް ހުންނަގޮތަށް ހަދާތި. އެކަމަކު މިހަެު ފައްކާވަމުން އެއަންނަ ކޭސްގެ ހުކުމް އަންނައިރު އަތްކަނޑަން ޖެހޭނެ ކަން ހަދަންކުރާތި. އަދި 25 އަހަރު ޖަލުގެ ހުކުމަ އެއްކޮށް 250 މިލިޔަން ޑޮލަރ ގެ ޖުރިމަނާ ރައްޔިތުންނަށް ދައްކަންޖެހޭނެ. ދެންއޮތީ އޭގެ ފަހުން ނަސަންދުރާ ދަމައިގަނެ އެއްބަޑު މަންޖެޔާ އެމަންޖެގެ ފިރިމީހާ ޔަށް ދިން ހުކުމް. އޭގެފަހުން އަންނާނީ ކްރޮސްރޯޑް ރައްޔުތުންނަށް ވަގަށް ދާވާލި ކަމުގެ ހުކުމް. ވަގުކަލޭގެ ސަލާމަތްވިޔަކަ ހަމައެއްގޮތަކަށްވެސް ނުދެވޭނެ. ނަމަނަމަ އަރުވާލުމަށް ހުކުމްކޮށްފަ ރަށަކަށް ނުފޮނުވާތި. އަހަރެމެންބޭޏުމެއްނީން އަހަރެމެންގެ ރަށްރަށުގަ ރުބެލްރޯގާ ފެތިރޭކަށް. ރުބެލް ރޯގާގެ ފަރުވާޔަކީ ހިކާގަރުދިޔަ ޔޯ