ޚަބަރު

މެއި 6ގެ ހަމަލާ: ހައްޔަރުކުރި ފަސްވަނަ މީހާގެ ވަނަވަރު ހާމަކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

Ads by Sosun Fihaara

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން އަހުމަދު ފާތިހު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ.)އެވެ.

ފުލުހުން މިއަދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މުޖާޒް، ތަހުމީން އަދި އަދުހަމްގެ ބަންދަށް އިތުރު 30 ދުވަސް 22 ޖޫން 2021 ވަނަ ދުވަހު ދީފައިވާ ކަމަށެވެ. އަދި ފާތިހުގެ ބަންދަށް އިތުރު 15 ދުވަސް 20 ޖޫން 2021 ވަނަ ދުވަހު ދީފައި ވެއެވެ.

މި މައްސަލަައިގައި ހައްޔަރުކުރި ފަސްވަނަ މީހާ ކަމަށްވާ ހައިޝަމްގެ ވަނަވަރު ފުރަތަމަ ފަހަރަށް ހާމަ ކުރައްވަމުން ފުލުހުން ވިދާޅުވީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ، 27 ޖޫން 2021 ވަނަ ދުވަހު ދީފައިވާ ކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފަސްވަނަ މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ފުރަތަމަ ހާމަކުރީ މި މަހުގެ 6 ވަނަ ދުވަހުގައެވެ. ނަމަވެސް އެ ދުވަހު އޭނާގެ އެއްވެސް ވަނަވަރެއް ހާމައެއް ނުކުރެއެވެ.

އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފަސްވަނަ މީހަކު ހައްޔަރުކުރީ ހަމަލާއަށް ފަހު ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދާ ހައްޔަރުކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

Ads by HDC
  1. ހުދުހުދު

    ތިކަހަލަ މީހުނަށް ދޭންވާ އަދަބު ތަންފީޒު ކޮށްބްލަ.