ޚަބަރު

ދިރާގު ރޯދަ ޑޭޓާ ބަންޑަލްގެ %10 ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތްރު ޢީދަށް ޚާއްސަކޮށްގެން ތައާރަފުކުރި ޚާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވައިގެން ލިބުނު ފައިސާގެ 10 އިންސައްތަ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް މިއަދު ހަދިޔާ ކޮށްފިއެވެ.

Ads by STELCO

މި އަހަރުގެ މި ޑޭޓާ ބަންޑަލްތަކުން ލިބުނު 313,235 ރުފިޔާ ވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކޮށްފައިއެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން ޖީހާން ސަލީމް ވިދާޅުވީ ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެ ސޮސައިޓީއަށް އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން ތެލެސީމިއާ ސޮސައިޓީއަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަގުނަ ފައިދާއާއި ކުރިއެރުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން ބަލި މީހުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުން ވަނީ ފާއިތުވި އަހަރުތަކުގައި ވެސް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ %10 އެކި ޖަމިއްޔާތަކަށް ހަދިޔާ ކޮށްފައެވެ. އެގޮތުން ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!