ރިޕޯޓް

ކުރެވޭ ކުޑަކަމެއްގެ ސަބަބުން ވެސް އެތައް ގުޅުމެއް ހީނަރުވެގެން ދެއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގައި، އެކި ކަހަލަ ކަންތައްތަކާ ކުރިމަތިލާން ޖެހެއެވެ. އެހެނީ އުފާވެރި ކަންތައްތަކާއި، ހިތާމަވެރި އެތައް ކަމެކެވެ. އެހެން ނަމަވެސް ބައެއް ކަންކަމަކީ އެކަމެއްގެ ސަބަބުން ގުޅުމުގައި އުފެދިފައިވާ އިތުބާރު ގެއްލި ގުޅުމަށް ހީނަރުކަން ގެންނަ ކަންކަމެވެ.

Ads by MWSC

ޙަޔާތުގެ ކޮންމެ ވެސް ދަނޑިވަޅެއްގައި ތިމާއަށް އެހީތެރިކަން ބޭނުންވާނެއެވެ. އަދި ބައެއް އެހީތެރިންނަކީ އެމީހުންގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މީހުންނެވެ. އެހެނީ ތިމާއަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށް ބުނެ އަނެކާ މަސައްކަތް ކުރާނީ ތިމާގެ ފުށުން ކޮންމެވެސް ފައިދާއެއް ހާސިލު ވޭތޯއެވެ.

އެފަދަ މީހުންގެ ކިބައިން ސަލާމަތް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ތިމާ ދިރިއުޅުމުގައި އެތައް ކަންކަމަކާ ކުރިމަތިލާން ޖެހެއެވެ. އެތައް އަޑިގުޑަންތަކަކުން ކަޑައްތު ކުރަން ޖެހެއެވެ. ނަފްސާނީ ގޮތުން މީހާ ބަލިކަށިވެ، އަނެކާއަށް ކުރާ އިތުބާރު ގެއްލިގެން ދެއެވެ.

ވިސްނަންވީ ކަމަކީ އެފަދަ މީހުންގެ އަމަލުތަކެވެ. އެއްވެސް ވާހަކައެއް ސިއްރު ނުކުރާނެ ކަމަށް ވައުދު ވާނެއެވެ. އެހެން ނަމަވެސް ނޭނގޭ ގޮތަށް އެމީހުން އެތައް “ޖަރީމާ”އެއް ހިންގައެވެ. އެމީހުންނަށް ހީވާ ކަހަލައެވެ. ދުވަހަކު ވެސް ފަޅައި ނާރާނެއެވެ. އެހެން ނަމަވެސް އެހެން މީހެއްގެ ފަރާތުން ތިބާއަށް އެކަމުގެ ހަގީގަތް ފަޅާ އެރުމަކީ މާ އަސަރު ހުރި ކަމެކެވެ. މާ ހިތާމަ ހުރި ކަމެކެވެ.

އެއީ ކިތަންމެ ލޯބިވާ މީހަކަށް ވެސް ވެދާނެއެވެ. އަމިއްލަ ފައިދާއަށް އެފަދަ މީހުން ކިތަންމެ ދަށަށް ވެސް ވެއްޓެން ހުންނާނީ ތައްޔާރަށެވެ. އެމީހުން ދެކޭ ގޮތުގައި އެއީ ވަރަށް “ކޫލް” ކަމެކެވެ.

އެއީ އެކުގައި އެތައް ވަގުތެއް ހޭދަކުރަމުން އައި މިހާ ނަމަވެސް އެފަދަ މީހުންނާ ދުރުވުމަކީ ތަސައްލީ ލިބޭނެ ކަމެކެވެ. އުނދަގޫ ވާނެއެވެ. ހިތްދަތި ވެސް ވާނެއެވެ. އެހެން ނަމަވެސް ކެތް ކުރަން ދަސްކުރާށެވެ. އެއްވެސް އިންސާނަކަށް ނުއުފުލޭނެ ވަރުގެ ބުރައެއް މާތްالله ނުޖައްސަވާނެއެވެ. އެއްވެސް މީހަކު ތިބާއާއެކު ނުވާ ހިނދު އެކަލާނގެ ތިބާއަށް މަދަދުވެރި ވާނެއެވެ.

ދަންނަންވީ ކަމަކީ މިތުރުންގެ ނަމުގައި ހަތުރުންނަކީ އުޅޭ ބައެއް ކަމެވެ. އަދި އެމީހުންނަކީ ތޫނު ހަންޖަރަކަށް ވުރެ ނުރައްކާތެރި ހަތިޔާރެކެވެ. ދިރިއުޅުން ސުންނާފަތިކޮށް، ތިބާ އަނދިރިކަމެއްގެ ތެރޭގައި އުޅުމަށް އެފަދަ މީހުން މަސައްކަތް ކުރާނެއެވެ. އެހެންކަމުން ދިރިއުޅުމަށް މީހުން ގުޅުވާއިރު، ވިސްނާ ފިކުރު ކުރާށެވެ. އެއްވެސް މީހަކަށް މާބޮޑަށް އިތުބާރު ނުކުރާށެވެ. ފަހުން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!