ދުނިޔެ

އޮރެންޖުތަކެއްގެ ތެރެއަށް ލައި އެތެރެ ކުރަން އުޅުނު 4.5 މިލިއަން ޑޮލަރުގެ ޑުރަގު އަތުލައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ސައުދީއަރަބިއްޔާގެ ޖިއްދާއަށް އޮރެންޖުތަކެއްގައި ފޮރުވައިގެން އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އެގައުމުގެ ކަސްޓަމުން އަތުލައިގެންފިއެވެ.

Ads by WAMCO

އެގައުމުގެ ގައުމީ ޓީވީން ރިޕޯޓް ކުރާ ގޮތުގައި އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ އެމްފެޓަމީން ނަމަކަށް ކިޔާ ވައްތަރެއްގެ މަސްތުވާތަކެއްޗެވެ.

އެގައުމުގެ އަލްއަރަބިޔާ ނޫހުން ރިޕޯޓް ކުރާ ގޮތުގައި ޖިއްދާއަށް ގެނައި އޮރެންޖު ޝިޕްމަންޓެއް ޝައްކުވެގެން ވަނީ އެކްސްރޭ މެޝިނުން ބަލައި ފާސްކޮށްފައެވެ. އަދި ބެލި ބެލުމުން އެ އޮރެންޖުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރިކަން ވަނީ އެނގިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެރައިވަލްސްއިން ޝައްކު ކުރެވޭ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގައުމުގެ ފުލުހުން ހޮނިހިރު ދުވަހު ބުނީ އެމްފެޓަމިންގެ 14.4 މިލިއަން ގުޅަ ޖިއްދާއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

މި މައްސަލައިގައި 4 މީހަކު ހައްޔަރު ކޮށްފައިވާއިރު ދެމީހަކީ ސައުދީ ދެމީހުންނެވެ. އަދި އަނެއް ދެމީހުންނަކީ ގައުމުން ބޭރު ބައެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!