ޚަބަރު

އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ބޭއަދަބީ ވާހަކަތައް ހުއްޓަން ޖެހޭ: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާއާ ގުޅޭ ގޮތުން ދައްކާ ބޭއަދަބީ ވާހަކަތައް ހުއްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނަޝީދު ދެންމެ ކުރެއްވި ޓްރީޓެއްގައި ވިދާޅުވީ ރާއްޖެއަށް ކަނޑައަޅައިފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓްއިންނާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ގުޅޭގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށް ރައީސް ނަަޝީދު ވިދާޅުވިއެވެ.

ނަޝީދު މި ފަދައިން ވިދާޅުވެފައި ވަނީ އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދިރްއާއި ހައި ކޮމިޝަނުގެ ވެރިންގެ އަބުރު ގެއްލޭ ގޮތަށް އެކި ޕޯސްޓުތަކާއި، ނޫސްތަކުގައި ޝާއިއުކުރާ ލިޔުންތަކުގެ ޒަރިއްޔާއިން ހަމަލާދޭ ކަމަށް ބުނެ، އެކަންތައް ހުއްޓުވައި ފިޔަވަޅު ނާޅައިފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރައިފާނެކަމުގެ އިންޒާރު އިންޑިއާގެ ހައިކޮމިޝަނުން ދީފައިވާ ދަނޑިވަޅެއްގައެވެ.

އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރަށް ސިޓީއެއް ފޮނުވައިފައި ވެއެވެ.އެ ސިޓީގައި ބުނެފައި ވަނީ މީސްމީޑިއާގެ އެކި މަންސަތަކުގައާއި، ނޫސްތަކުގައި ހައިކޮމިޝަނާއި އެ މިޝަންގެ ހެޑް އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ އަބުރަށް ގެއްލުންދެމުންދާކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަކަމަށެވެ.

މީގެ އިތުރުން އެފަދަ ކަންކަން ތަކުރާރު ވާނަމަ ހައިކޮމިޝަންގެ މަސައްކަތްތަކަށް ބުރޫ އަރާފާނެ ކަމަށާއި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިކަމުގެ ސަބަބުން އަސަރު ކޮށްފާނެ ކަމުގެ އިންޒާރު ވެސް އެ ސިޓީގައި ދީފައި ވެއެވެ.

Ads by HDC
  1. މޫސާ

    ތީކާކާކު މިޔައީ ކަލޭގެ އަޅުންތަ މީމިނިވަން ގައުމެ މިގައުމު އަދިވެސް ތިޔަޖާހިލުންގެ އަތުން ސަލާމަކުރާނަން ކޮން އިންޑިޔާ އެށް

  2. ޣޯސް

    މިކަނ ފެށުނ ނަޝީދުމެންގ ސަބަބުނ. އިންޑިޔ އެމްބަސ މިގައުމުގައ ހުންނަތ އެތަށްއަހަރެއްވެއްޖ. ދިވެހިންނުބެހ ބެހެންފެށ ސަބަބުހޯދާފ އެކަނ އިސްލާހުކުރީމ ރަނގަޅުވާނ.

  3. ނަޝީދު

    ނަޝީދޫ ކަލޭމެން ވެރިކަމުގެ ދަހިވެތި ކަމުގެ ރާއްޖެ މިހާބޮޑަށް އަޅުވެތިވެގެން މިދަނީ އަހަރެމެން ބޭނުން އެއްޗެއް ކިޔާނަށް ގޮވާނަށް، ނަޝީދު ކަލޭ އޮވޭ މޯދީ ގެ ފައިސާގަ ހުނިޖަހައް. ޔޫކޭ ނަޝީދަށް މަގޭ ސަލާމް

    • ާްއައްލާ

      ޢަހަރެމެންގެ އެކުވެރިއެއްގެގޮތުގަ އިންޑިޔާ އޮންނަތާ އެތައް އަހަރެއްވެއްޖެ އަހަރެމެން އިންޑިޔާ އައުޓެކޭނުގޮވަން ނަމަވެސް މިހާރުމިގޮވަނީ ސަބަބެއް އޮވެގެންކަން އެމްޑީޕީގެ މިސަރުކާރު ދަންނަންޖެހޭނެ

  4. މުހައްމަދު

    ހަމަ އެފަދައިން އިސްލާމް ދީނުގެ ކަންކަމާ މެދުވެސް ވާހަކަައް ދައްކަންވާނީ ވަކި އިމެއްގެ ތެރެއިންކަން ތިބޭޅާވެސް ހަނދާންކުރުން ކިހިނެއްތޯ!

  5. ގުރަހަ

    ިކީރިތި ރަސޫލާއަށް ކުޑައިމިސްވާގޮތަށް މަނިކުފާނަށް ވާހަކަ ދެއްކޭ، އެހެންމީހުނަށް ވާހަކަ ދެއްކޭ. އެކަމަކު ދަށުދަރަޖައިގެ ޢަމަލެއް މީހަކު ކޮށްފިޔޭ ބުނުމުން ހީވަނީ އެހެންފަދަ ކަމެއްހެން. ކޮންކަހަލަ އިންސާފެއް؟