މުނިފޫހިފިލުވުން

މަންމައަށް ކުރި ޕްރޮމިސްގައި ހިފަހައްޓައި، ޝިފާ ބުރުގާ އަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީ ތަރިންނަށް ބަލާއިރު މި ފަހަކަށް އައިސް އެންމެ ގިނައިން ފެންނަ އެއް ޚަބަރަކީ، މިހާރު އަރަމުންދާ ތަރި ކަމުގައިވާ މަރިޔަމް ޝިފާގެ ޚަބަރުތަކެވެ. އެގޮތުން އޭނާގެ އެކި ވީޑިއޯތަކާއި، ބުނެފައިވާ ބައެއް ބަސްތައް ވެސް ވަނީ ފަލަ ސުރުހީއަށް އަރާފައިއެވެ.

މިއަދަކީ ވެސް އެފަދައިން ޝިފާއާ ބެހޭގޮތުން ވަރަށް ތަފާތު ވާހަކައެއް އިވުނު ދުވަހެކެވެ. ތެދައް ބުނާ ނަމަ، މިއަދު އިވުނީ ކުއްލި ޝޮކެއް ލިބުނު ފަދަ ޚަބަރެކެވެ.

ޝިފާގެ އިންސްޓްގްރާމް ސްޓޯރީގައި އޭނާ ވަނީ "އާ ފެށުމެއް" ކަމަށް ބުނެ، ބުރުގާ އަޅައިގެން ހުރި ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެ ފޮޓޯ ފެނުމާ އެކު ސިކުނޑިއަށް އެތައް ސުވާލުތަކެއް ވެރިވިއެވެ. އެއީ ހަމަ ޝިފާ ބާއޭ، އަސްލު ވެސް ބުރުގާ އެޅީ ބާއޭ ހިތަށް އެރިއެވެ. އެހެންކަމުން ދެން ނިންމީ އެ ސުވާލުތަކުގެ ޖަވާބު ޚުދު ޝިފާގެ ފަރާތުން ހޯދައިލުމަށެވެ.

"ދެން" އިން ޝިފާއާ ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ވަނީ ބުރުގާ އެޅިކަން ޔަގީން ކޮށްދީފައެވެ.

ަހަމަ އަސްލު ވެސް ބުރުގާ އެޅީ! ސަބަބަކީ؟

ޝިފާ ބުނީ އޭނާ އަނެއްކާ ވެސް ބުރުގާ އަޅަން މި ފެށީ މިއަދު ކަމަށާ ދެން އިރާދަކުރެއްވިއްޔާ ބުރުގާ ނުބާލާނެ ކަމަށެވެ.

"ހަމަ މިއަދު މި ފެށީ. މަންމައަށް ކުރި ޕްރޮމިސްއަކުން ބުރުގާ އަޅަން ނިންމީ. މަންމަ ކައިރީގައި ބުނިން މިއަދު ބުރުގާ އަޅާނަމޭ. މި ނިންމުމާ މެދު ވަރަށް އުފާވޭ" ފޯނުން މައުލޫމާތު ދިން އިރު ވެސް ވަރަށް އުފަލާ އެކު ޝިފާ ބުންޏެވެ.

ދެން ފިލްމީ ކެރިއަރު ދޫކޮށްލާނީތަ؟

ޓިކްޓޮކްއާއި ފިލްމީ ދާއިރާގައި ވެސް މިހާރު ކުރިއަރަމުން އަންނަ ޝިފާ، މިއަދު ބުރުގާ އަޅަން ފެށުމުން ހިތުގައި އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ އޭނާ ދެން ފިލްމު ކުޅުން ހުއްޓައިލާނީ ތޯއެވެ. އެ ސުވާލުގެ ޖަވާބުގައި ޝިފާ ބުނީ އެ ދާއިރާ އަދި ހުއްޓައި ނުލާނެ ކަމަށެވެ.

"ހަމަ ކުރިއަށް ދާން ކަމަށް އަދި މިހުރީ. ކެރިއަރ އަދި ދޫކޮށްލުމުގެ ވިސްނުމެއް ނެތް" ޝިފާ ބުންޏެވެ.

ވަގުތުގެ ގޮތުން ޝިފާއާ މާގިނަ ވާހަކަތަކެއް ނުދެއްކުނު ކަމުގައި ވިޔަސް، ފިލްމީ ދާއިރާގައި އަދި ކުރިއަށް ދާނެ ކަމަށް ޝިފާ ބުނި ނަމަވެސް ކުޅޭނެ ބައެއް ރޯލްތަކާ މެދު ވަރަށް ވިސްނާނެ ކަމަށެވެ.

"ބައެއް ކެރެކްޓާ ދޫކޮށްލަން ޖެހޭތޯ ވިސްނާނަން. ބުރުގާ އެޅުމަށް ފަހު ކޮންމެ ކޮންމެ ކެރެކްޓާއެއް ނުއެއް ކުޅެވޭނެ" ޝިފާ ބުންޏެވެ.

ބުރުގާ އެޅުމަށް ފަހު ޝިފާ މިހާރު ވަނީ އޭނަގެ ފޭސްބުކް އެކައުންޓުގެ ޕްރޮފައިލް ފޮޓޯ ވެސް ބަދަލު ކޮށްފައެވެ. އެގޮތުން މިހާރު ޝިފާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއާއި ކަވަރ ފޮޓޯއަށް ވެސް ލައިފައި ވަނީ ބުރުގާ އަޅައިގެން ހުރި ފޮޓޯއެކެވެ.

  1. މުނާ

    ވ އުފާވެއްޖެ…

  2. ނާޝިޒު

    މައްސަލަކީ މަންމަ ބުނީތީ ބުރުގާއެޅީމަ
    ﷲތަޢާލާގެ އަމުރަށް ބިރުވެތިވެ ބުރުގާއެޅީމަ އެންމެ ފުރިހަމަވާނީ އަދި އެގޮތުގަ ސާބިތުވެ ހުރެވޭނީ
    ސާބިތުކަން މިންވަރު ކުރައްވާށި

    • ޙާލާ

      ާަަަަަމަންމަ އަށް ކިޔަމަން ގަތުމުގެ މާނަ އަކީ މަޑުމަޑުން ހުރިހާކަމެއް ވެސް ދާނީ ދެން ރަނގަޅަށޭ.

  3. މުހައްމަދު

    ބުރުގާ އެޅުމުގެ ކުރީގަ މުސްލިމަކަށް ނުވަނީތޯ! މިހާރު ނުކުރެވޭ އެކްޓް އޭރު ކުރެވުނީ!! ހެޔޮ ވިސްނުން ދެއްވާށި!

  4. މަންމައަށް ކުރި.ޕްރޮމިސް އަކަށް
    ބުރުގާ އެޅިޔަކަސް ކުރާނެ ފައިދާ އެއް ނޯންނާނެ. ﷲގެއަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުން ޢައުރަނިވާ ކުރުމަށްތިކަންކުރިނަމަރަގަޅުވާނީ.

    • ށަރޫ

      ހަމަ ރަނގަޅު ވާހަކަަ އެއް

  5. ޒެން

    ިސލޯބިވާއެވެ. މުސްތަޤްބަލު އާރާސްތު ކުރަން އެދޭ ނަމަ ހެޔޮ އަމަލު ގިނަ ކުރާށެވެ. ގެއްލިއްޖެ ވަގުތެއް އަބުރެއް އަނބުރާ ނުލިބޭނެ ކަން ދަންނާށެވެ. އެހީ ތެރިކަން ބޭނުންވާ ނަމަ ތިބާއަށް އެހީވާން ތައްޔާރަށް އެތައްބަޔަކު ތިބިކަން ހަނދާން ކޮށްދެމެވެ.

  6. ޚކކޖޖ

    ހަހަހ އެޓެންޝަނ ސީކަ އެއ. ދެދުވަސްފަހުނ ބުރުގާބާލާނެ

  7. ނާނި

    އަލްޙަމްދު ލިﷲ

  8. އާޠު

    ބުރުގާ ނާޅާ ކުޅެފައިވާ ޓިކްޓޮކް ތައް އަވަހަށް ނަގާ. ސާފުކޮށްލާ. ބަނޑު ދަައްކައިގެން ބުރުގާނާޅާހުރި އެއްޗެހި ބަހައްޓާކަށްނުވާނެ.