ޚަބަރު

އަލީ ވަހީދުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލައިފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި މައްސަލަ މާދަމާ ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

Ads by STELCO

އެ މައްސަލަ ހައި ކޯޓުގައި ފަށަން ތާވަލު ކޮށްފައި ވަނީ މެންދުރުފަހު 3:15ގައެވެ. މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ސަބަބަކީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވެ ހުރީ ކޮންތަނެއްގައި ހުރެކަން ނޭނގޭތީއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ސުވާލުކުރި ކަމަށެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގައި އޮންނަ ގޮތެއް ނޫން ކަމަށާއި އެހެންކަމުން މައްސަލަ އިސްތިއުނާފް ކުރީ ކަމަށް ޕީޖީގެ އޮފީހުން ވިދާޅުވިއެވެ.

Ads by Allied Insurance
  1. އުދުހޭކޮކާ

    އިސްތިޢުނާފު ކޮށްފި ނަމަ ވީގޮތެއް އެނގޭނެ.އިސްތިއުނާފު ކުރުމަށް ހުށަހެޅީ.އޭރު އަދި ނޭނގޭނެ ނިމުނު ގޮތެއް.