ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ: ދައުލަތަށް ގިނަ ސުވާލުތަކެއް
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާ މައްސަައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ގިނަ ސުވާލުތަކެއް ދައުލަތަށް ކުރިމަތި ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު ހައިކޯޓްގެ އެޕީލް ކޯޓްގައި ކުރިއަށް ގެންގޮސްފައި ވަނީ އިދާރީ ގޮތުން ސާފު ކުރަން ޖެހޭ ކަންކަން ސާފު ކުރަން ބޭއްވި މަޖިލީހެކެވެ. އެގޮތުން ޕްރިލިމިނަރީ އެ އަޑު އެހުމުގައި ކޯޓް އެޑްމިނިޓްރޭޝަނަށް އެރި އިދާރީ އޮޅުމެއްގައި ނޫސްވެރިން ބައިތިއްބައިފައި ވަނީ ޝަރީއަތުގެ މަޖިލީހާ ވަކީން ވާޗުއަލް އެހެން ކޮޓަރިއެއްގައެވެ. ކޯޓަށް އެކަން އެނގުނީ ގާޒީ މިއަދުގެ އަޑު އެހުމުގެ މަޖިލިސް ރޫޅައިލެއްވި ފަހުންނެވެ.
މި މަޖިލީހުގައި މިއަދު ދައުލަތުން ފާހަގަ ކުރައްވައިފައި ވަނީ އަލީ ވަހީދުގެ މި މައްސަލައަކީ އިޖުރާއީ ނިންމުމަކަށް ރިއާޔަތްކޮށް އިސްތިއުނާފް ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެ ޝަރީއަތް ނުހިންގޭނެ ކަމަށް ގަބޫލު ކުރެވޭތީ އިސްތިއުނާފު ކުރި މައްސަލައެއްކަން ވެސް ދައުލަތުން ފާހަގަ ކުރެއްވިއެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލިފައިވާ އަލީ ވަހީދުގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްދޭން އެދިފައި ވަނީ އަލީ ވަހީދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހަޅާ މަރުހަލާގައެވެ. ކްރިމިނަލް ކޯޓުން އެ ގޮތަށް ނިންމުމުން އިތުރު ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ލިބިފައި ނުވާ ކަމަށް ދައުލަތުން މިއަދު ފާހަގަ ކުރިއެވެ. ދައުލަތުން ވިދާޅުވީ އަލީ ވަހީދު އެގޮތަށް ހުށަހެޅީ ބޭސްފަރުވާ ނުނިމޭ ކަމަށް ލިޔެކިޔުންތަކެއް ހުށަހަޅައިގެން ކަމަށާއި އެ ލިޔެކިޔުންތަކުގައިވާ ފަދަ ބައްޔެއް އޭނާގެ ނެތް ކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އަލީ ވަހީދުގެ ނަން އިސްތިއުނާފު ފޯމުގައި ހިމަނައިފައި ވަނީ ކޮން ގޮތަކަށްތޯ ހައި ކޯޓުގެ ފަނޑިޔާރުން ވަނީ ދައުލަތުގެ ވަކީލުންނާ ސުވާލު ކުރައްވައިފައެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ، ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަ ކުރިއަށް ގެންދަން ނިންމައިފައި ވަނީ އަލީ ވަހީދުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ކަމަށެވެ. ދައުލަތުން ގަބޫލު ކުރަނީ މައްސަލަ ކުރިއަށް ގެންދެވޭނީ އިސްތިއުނާފު ރައްދުވާ ފަރާތް ކޯޓަށް ހާޒިރުކުރެވިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ހައި ކޯޓުގެ ފަނޑިޔާރުން ދެން ވިދާޅުވީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެހެނިހެން މައްސަލަތައް ކުރިއަށް ގެންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތަކާ މި މައްސަލައާ އޮތް ތަފާތަކީ ކޮބައިތޯއާއި އެ މައްސަލަތަކުގައި ވެސް ދައުލަތުން ފާހަގަކުރާ ފަދަ ކަމެއް ވެދާނެ ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވިއެވެ.
އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހާލަތާ މި ހާލަތާ ތަފާތުވާ ކަމަށާއި ސަބަބަކީ ދައުވާ ލިބޭ މީހާ ހުރީ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ކަމެވެ.
ތިއޮތީ ނިޒާމު ބަރާބަރު ވެފައި. ފިލައިގެން އުޅެނީ. ދިން މުއްދަތު ހަމަވީމާ އެނބުރި ނައި. ގައްބަރޭވެސް ހަމަ މަޖަލުގައި އެހެރެ އުޅެނީ. ދެން އޭނާ ބޭނުންވާގޮތަށް އޮންލައިންކޮށް ފިލައިގެން އުޅޭމީހާގެ ޝަރީޢަތް. ވާ ވާ މިއޮތި ހިބަރު ވަދުޖެއްސި ގުރޫޕްގެ އިންސާފު. ރައީސް ސޯލިޙުވެސް ލަތެއްވެސް ނުގަނޭތޯއޭ ހިތައްއަރާ ޕީޖީ ލައްވާ މިސަކަރާތް ޖައްސަވަނީ. 2023 ހަނދާން ނައްތާލައްވާ. ބޮޑުވަޒީރުވެސް ދެން ތިތިބީ ވާނެ އެއްޗެއް ވެފައި. ރައްޔަތުންނަށް މި މީހުންގެ ލާއިންސާނިއްޔަތު އެގިި ލާދީނީ ވަންތަކަންވެސް އެގިއްޖެކަހަލަ އެވެ.