މުޅި މޫނާއި އަތާއި ފައިގައި ވެސް އިސްތަށި، މި ކުއްޖާ ވަރަށް ތަފާތު

3 މަހުގެ ތުއްތު ކުއްޖެއްގެ ގައިން އަދަޔާ ހިލާފަށް އިސްތަށި ގިނަވަމުންދާ މައްސަލައެއް ކުރިމަތިވެއްޖެއެވެ.
ޓެކްސަސް ސިޓީގައި ދިރިއުޅޭ އެ ކުއްޖާގެ މަންމަ ކެއިޔޯނާ ގަންބްސް ބުނި ގޮތުގައި އޭނާގެ ދަރިފުޅު މީލާ ވިހެއި އިރު ބޮލުގައި އިސްތަށި ގިނަ ކަމަށާއި ދުވަހެއް ދުވަހަކަށް ހަށިގަނޑުގެ އެކި ހިސާބުތަކުން އިސްތަށި ފަޅަން ފެށި ކަމަށެވެ.
މީލާއަށް 2 މަސް ވީއިރު މުޅި ހަށިގަނޑު އިސްތަށިން ފުރިފައިވާ ކަމަށާއި މިހާރު މޫނުގައި ވެސް އިސްތަށި ގިނަކަމަށް ކެއިޔޯނާ ބުންޏެވެ. ކެއިޔޯނާއަށް މީގެ ކުރިން ލިބުނު 3 ކުދިންގެ ފަރާތުން މިކަހަލަ ކަމެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ ގައިގައި އިސްތަށި ގިނަވުމާ އެކު ގިނަ މީހުން އެ ސުވާލު ކުރާ ކަމަށާއި ފޮޓޯ ވެސް ނަގާކަމަށް ކެއިޔޯނާ ބުންޏެވެ. އަދި އިސްތަށި ގިނަ ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށް އޭނާ ބުނެއެވެ. އަދި އެކަމަކީ ކުއްޖާ ބާކީ ކޮންލަން ޖެހޭ ކަމެއް ނޫން ކަމަށާއި މިފަދަ ކަމެއް ފާހަގަކުރެވޭ ނަމަ އަަވަހަށް ކަމާބެހޭ ފަރާތަކަށް ދެއްކުމަށް ވެސް ކެއިޔޯނާ ވަނީ އިލްތިމާސްކޮށްފައެވެ.