ދުނިޔެ

ނިދާ ހޭލިއިރު، ދުންހޮޅި ތެރޭގައި 100 އަށް ވުރެ ގިނަ ދޫނި ތާށިވެފައި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކެލިފޯނިޔާގައި ދިރިއުޅޭ މީހަކު ނިދާ ހޭލި އިރު، ގޭގެ ދުންހޮޅި ތެރޭގައި 100 އަށް ވުރެ ކުދި ދޫނި ތަކެއް ތާށިވެފައިވާތީ ނަގައިފައިވާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

Ads by WAMCO

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މައްސަލަ ކެލިފޯނިޔާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި ގިނަ އަދަދެއްގެ ދޫނިތައް ދުން ހޮޅިތެރެއިން ވަދެ ތާށިވެފައިވާ މަންޒަރު ފެނިފައި އެތައް ބައެއްގެ ސަމާލުކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބިގެން ގޮސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހަޅައިފައި ވަނީ “ފަޔާރ ފައިޓަރސް” އަށެވެ. އަދި ކެލިފޯނިޔާގެ ފަޔާރ ފައިޓަރސް ވަނީ އެއްވެސް ދޫންޏަކަށް ގެއްލުން ނުވާނޭ ގޮތަށް ފަހަރަކު ދޫންޏެއް އެތަނުން ނެގުމަށް ފަހު ގޭގެ ވަލު ދޮރާށިން ދޫކޮށްލައިފައެވެ. އަދި އެހާ ގިނަ ދޫނިތަކެއް އެއްފަހަރާ ތާށިވާން ދިމާވި މައިގަނޑު ސަބަބު އަދިވެސް ހޯދިފައި ނުވާ ކަމަށް ވެސް މީޑިއާތަކުން މައުލޫމާތު ދެއެވެ.

އެ ދޫނިތައް ސަލާމަތް ކުރާ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ހިއްސާ ކުރެވުމާއެކު އެތައް ބައެއްގެ ތައުރީފު ވަނީ އެމީހުންނަށް ލިބިގެން ގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!