ދުނިޔެ

139 އަހަރުވެފައިވާ ގެއެއް ދުއްވާފައި އެހެން ތަނަކަށް ގެންގޮސްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކެލިފޯނިއާގައި 139 އަހަރު ވެފައިވާ ގެއެއް ދުއްވާފައި އެހެން ތަނަކަށް ގެންގޮސްފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 139 އަހަރުވީ މި ގެ ހުރި ތަން ބަދަލުކުރީ ކުރިން ހުރި ތަނާ، ހަ ބްލޮކު ދުރަށެވެ. ދުވަސްވީ މި ގޭގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާ ކޮށްފައިވާއިރު، ބޮޑެތި ކުޑަ ދޮރުތަކާއި، މާ ސިންގާ މައި ދޮރެއްގެ އިތުރުން 807 ނަމްބަރު އެގޭގައި ޖަހައިފައި ވެއެވެ. އަދި މި ގެ ބަދަލު ކުރުމަށް ބޭނުން ކޮށްފައި ވަނީ، ވަރަށް ބޮޑު ގާޑިޔާއެކެވެ.

މީގެ އިތުރުން މި ގެ ބަދަލު ކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތަކަކީ މީގެ އެތައް އަހަރެއް ކުރިން ކުރެވުނު ކަމެއް ކަމަށާއި، ގެންދާނެ ގޮތަކާމެދު ވަރަށް ގިނަ ފަހަރަށް ވާހަކަ ދެކެވިފައި ވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި ގެ ބަދަލު ކުރުމަށް ހުއްދަ ހޯދުމަށް 15 އޭޖެންސީއަކުން ހުއްދަ ނެގިފައިވާ ކަމަށް ވެސް އެ ގޭގެ ވެރިފަރާތާ ހަވާލާދީ މީޑިއާތަކުން މައުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު ގެ ބަދަލު ކުރުމަށްޓަކައި މަގަށް ވާ ގޮތަށް ހެދިފައި ހުރި ގަސްތައް އެތެރެއަށް ދެމުމަށް ފަހު މަގުން ޖާގަ ހަދާފައިވާ ކަމަށާއި، މަގުގެ ވަންވޭތައް ވެސް ހަމަ އެކަމަށް ބަދަލު ކުރެވިގެން ދިޔަ ކަމުގައި މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މި ގެ ހުރި ތަން ބަދަލު ކުރުމަށް ޖުމުލަ ޚަރަދެއްގެ ގޮތުގައި ހަތަރު ލައްކަ ޔޫއެސް ޑޮލަރު ދިޔަ ކަމުގައި ވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!