ބަޅޭ އައްޗޭ ލަގްތީހޭ 2" ގައި ދިވްޔަންކާއާ އެކު ފެނިގެންދާނީ ކާކު؟"

މަޝްހޫރު ޑައިރެކްޓަރ އެކްތާ ކަޕޫރުގެ ކުރިއަށް އޮތް ޕްރޮޖެކްޓް ކަމުގައިވާ "ބަޅޭ އައްޗޭ ލަގްތީހޭ 2"ގައި ދިވްޔަންކާ ތުރިޕާތީ ދަހްޔާއާ އެކު ދެން ފެނިގެންދާނެ ތަރިއަކާމެދު ކުރެވޭ ސުވާލުތަކުގެ އަޑުތައް ގަދަވެފައިވާ އިރު އެއްބަޔަކު ބުނަނީ އެ ރޯލު އަދާ ކުރަން އެންމެ ރަނގަޅީ ކަރަން ޕަޓޭލް ކަމަށެވެ. އަނެއްބަޔަކު ބުނަނީ އެރޯލާ އެންމެ ގުޅެނީ ނަކުލް މެހެތާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި "ބަޅޭ އައްޗޭ ލަގްތީހޭ 2"ގައި ދިވްޔަންކާއާ އެކު ފެނިގެންދާނީ އިޝްގުބާޒްގެ އެކްޓަރ ނަކުލް މެހެތާއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ އެރޯލަށް ނަކުލް ތައްޔާރުވުމަށް ޓަކައި ކުރަމުންދާ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ނަކުލް މެހެތާ
ދިވްޔަންކާއާ އެކި މިޝޯގައި ނަކުލް ފެނިގެންދާއިރު މިއީ މިދެމީހުން އެކުގައި ފެންނަ ފުރަތަމަ ފެންނާނެ ޝޯއެވެ. ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ޝޯ "ޔޭހޭ މޮހަައްބަތޭން" ގައި ކުޅުނު "އިޝިތާ"ގެ ރޯލުން މަޝްހޫރުކަން ހޯދި ދިވްޔަންޔާ އެންމެފަހުން ފެނިގެން ގޮސްފައި ވަނީ “ކަތުރޯން ކާ ކިލާޅީ 11"އިންނެވެ.
ނަކުލް މެހެތާގެ އެންމެ ކާމިޔާބު މަސަައްކަތަކީ ސްޓާ ޕްލަސްއިން ގެނެސްދިން "އިސްގްބާޒް"އެވެ. އެ ޑްރާމާގައި އޭނާ އަދާކުރި "ޝިވާއީ"ގެ ރޯލަކީ ބެލުންތެރިންގެ މެދުގައި މަގްބޫލުވި ރޯލެކެވެ.