މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުއަޑީން ފެނިއްޖެ

އައްޑޫ ސިޓީ ކަނޑުގެ ސަރަހައްދުގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވައި ފެނިފައި ވަނީ ފިރިހެން ފަތުރުވެރިއެއްގެ ހަށިގަނޑެކެވެ. އެ ހަށިގަނޑު ފެނިފައި ވަނީ އިކުއަޓޯރިއަލް ވިލެޖްގެ އިރުއިތުރު ފަރު ބޭރުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ މީހާގެ ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓު ގާޑުގެ ޑްރައިވަރުން އެމީހާ ނަގައިގެން ފޭދުއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މެންދުރު ފަހު 3:30ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެމީހާގެ ހަށިގަނޑު ފޭދުއަށް ގެންދެވުނީ 16:36ގައެވެ.