ޚަބަރު

އިންކުއަރީ ރިޕޯޓުގެ ފެންވަރު ދަށް، މަޤްސަދު ވެސް ހާސިލު ނުވޭ: ކާނަލް ފަޔާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒް / ފޮޓޯ: ސަން

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ނެރުނު އިންކުއަރީ ރިޕޯޓުގެ ފެންވަރު ދަށް ކަމަށާއި އެ ރިޕޯޓުގެ މަޤްސަދު ވެސް ހާސިލު ނުވާ ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ ވިދާޅުވެެއްޖެއެވެ.

Ads by Hajj Corporation

އިއްޔެ އާންމުކުރި ރިޕޯޓާ ގުޅިގެން މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ކާނަލް ފަޔާޒް ވިދާޅުވީ، 241 ކޮމެޓީން ތައްޔާރުކޮށް ނެރުނު ރިޕޯޓް ބަލައިލުމުން އެއްޗެއް ސާފުވުމަށް ވުރެ ބޮޑަށް އުފެދުނީ ސުވާލުތަކެއް ކަމަށެވެ. އަދި އެ ރިޕޯޓު ވަރަށް ފެންވަރު ދަށް ކަމަށް ވެސް ވިދާޅުވިއެވެ.

"މި ރިޕޯޓްގެ މައިގަނޑު މަގްސަދެއް ކަމުގައި ވަނީ އެ ހާދިސާ ހިނގިގޮތުގެ އަސްލު ހޯދުން ކަމަށް ވީ އިރު ރިޕޯޓް ނިމުނުއިރު ވެސް އެކަން ފާހަގަ ކުރެވިފައެއް ނެތެވެ." ކާނަލް ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް އިތުރަށް ވިދާޅުވީ ސެކިއުރިޓީގެ ގޮތުން ނުކޮށް ދޫކޮށްލާފައިވާ އެއްވެސް ކަމެެއް ރިޕޯޓުގައި ފާހަގަ ކޮއްފައި ނެތުމުން އެ ރިޕޯޓްގެ މަގްސަދު ހާސިލް ނުވާކަމަށެވެ.

އެ ގޮތުން ގޮވާ އެއްޗަކުން ހަމާލައެއް ދީފާނެ ކަމުގެ އިންޓެލިޖެސް ލިބިފައި ވާއިރު އެމަގު ބަލާ ފާސް ނުކުރުމާއި ރައީސް ނަޝީދުގެ ސެކިއުރިޓީ ޓީމްގައި ޖޭމަރު ވެހިކަލް އެއް ބާއްވާފައި ނެތުން ވެސް ކާނަލް ފަޔާޒް ފާހަގަ ކުރައްވައިފައިވެއެވެ.

Ads by Ooredoo
  1. އިސްތިއުމާރީ ބޮންދުން އެކި ނަންނަމުގައި ބޮޑުތަކުރު ފާނުގެ ލަޝްކަރާއި އެތެރެއާއި ބޭރުން ތޮޅެނީ ލަޝްކަރު ހުށިޔާރުވެ ތިއްބަވާ !

  2. ރަދީފް

    150 ކުދިންގެ ސްކޫލެއް ހިންގަން ނޭނގުނު މީހަކަށް މިފަދަ ބޮޑު ގައުމީކަމެއް ކުރަން ނޭނގޭނެ.އެއީ ކާކުކަން މުޅި އައްޑުއަށް އެނގޭނެ.