ދޮން އައްޔަގެ ދިރިއުޅުމަށް އައު އުފާވެރިކަމެއް!
ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް ތަރި ކަމުގައިވާ އަލީ އާޒިމް (ދޮން އައްޔަ)ގެ ދިރިއުޅުމަށް އައު އުފާވެރިކަމެއް އަންނަން އުޅޭކަން އޭނާ ހާމަކޮށްފިއެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރި ފޮޓޯއެއްގައި ދޮން އައްޔަ ވަނީ އޭނާ ބައްޕައަކަށް ވާން އުޅޭކަމުގެ އުފާވެރި ޚަބަރު އެންމެންނާ ހިއްސާ ކޮށްފައެވެ.
"ދަރިފުޅު ދެކިލާ ހިތުން މިހުރީ ކެތްމަދުވެފައި" އަނބިމީހާ ހައްވާ ޖީނާގެ ބަނޑުގައި އަތް ޖައްސައިލައިގެން ހުރި ފޮޓޯއެއް ހިއްސާ ކުރަމުން ދޮން އައްޔަ ބުނެފައިވެއެވެ.
ދޮން އައްޔައާއި ޖީނާ ކައިވެނި ކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ވެސް ވަރަށް ލޯބިން އެކުއެކީގައި އުޅޭކަމަށް ފާހަގަ ކުރެވޭ މިދެމަފިރިންގެ ވެސް މިއީ އަލަތު ދަރިފުޅެވެ.
ފިލްމީ ކެރިއަރަށް ބަލާއިރު ދޮން އައްޔައަކީ އޭނާ ކުޅޭ ކޮންމެ ކެރެކްޓަރއެއް ވެސް ވަރަށް ފުރިހަމަ ކަމާއެކީ ކުޅޭ ކުޅަދާނަ ފަންނާނެއްކަން ފާހަގަ ކުރެވެއެވެ. އޭގެ އެއް ހެއްކަކީ ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި، ފިލްމް "ދެވަންސޫރަ"ގައި ދޮން އައްޔަ ދެއްކި އެކްޓިންއަށް ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯރމެންސް އެވޯޑް ދޮން އައްޔައަށް ލިބިފައިވުމެވެ.
ދޮން އައްޔަ ނުއްކޮއާ އިނދެގެންވެސް ހުރޭ ދަރިއެއް
ރަގަޅު ކަމުދޭ