ޚަބަރު

ރާއްޖެ އަފްޣާނަށް ވިޔަ ނުދިނުމަށް އެމްޑީޕީ،ޕީޕީއެމްގެ ކޯލިޝަނެއް ބޭނުންވޭ: ހަސަން ލަތީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެ އަފްޣާނިސްތާނަށް ނުވެ ސަލާމަތް ކުރަން އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި ވެރިކަން ކުރާ އެމްޑީޕީގެ ކޯލިޝަނެއް ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުނޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގައި އުންމީދުތަކަކާއި އުސޫލުތަކެއްވާ ކަމަށާއި އެ ޕާޓީން ބޭނުން ވަނީ "ކާބަފައިން އުޅުނު ރީތި އިސްލާމް ދީނު" ގައި ތިބޭން ކަމަށެވެ. އަދި ރާއްޖެ އަފްޣާނިސްތާނަށް ނުވެ ސަލާމާތްވާން އޮތް މަގަކީ ވެސް އެއީ ކަމަށް މެމްބަރު ހަސަން ލަތީފު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރަޕްޝަން އިތުރުވެ، ހަރުކަށި ފިކުރުގެ މީހުން ވެސް އުޅޭކަމަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްގައި ވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު "އޯކޭ ނޫން" އެތައް މެމްބަރުންނެއް އެބަ ތިބި ކަމަށެވެ.

އިދިކޮޅު ޕީޕީއެމްއާ އެކު ކޯލިޝަނެއް ބޭނުންވާ ކަމަށް ހަސަން ލަތީފު ވިދާޅުވެފައި މިވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެކު ސިޔާސީ ގޮތުން ދެން ހުރެވެން ނެތް ކަމަށް ވިދާޅުވެ ޕީޕީއެމްއާ އެކުގައި މަސައްކަތް ކުރަން ތައްޔާރުކަމަށް އެމްޑީޕީގެ ލީޑަރު މުޙައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވަނިކޮށެވެ. އެގޮތުން ޕީޕީއެމާއި އެމްޑީޕީގެ ގިނަ ސަޕޯޓަރުން ތިބީ އެއް ގޮތަކަށް ކަމަށާއި ފިކުރު ވެސް އެއް ގޮތްކަމަށް  ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

Ads by HDC
  1. ދިވެހި ރައްޔިތުން

    ކިހެނެން ތިކަން ކުރަނީ ޔާމީން ޖަލަށް ލައި ބައިންދައިގެން. ތިކަން ކުރެވޭނީ ވަގުތުން ޔާމީނަށް މާފުދީ ހުރިހާ މައްސަލަތަކެއް ފައިލްކުރުމަށްފަހު ޔާމީނަށް ހުރިހާ ފުރުސަތެއް ފަަހިކޮށްދީ މިނިވަން ކޮށްދެއްވާ.

    • ޓިކްޓޮކް

      ހޮހޮހޯ. ތިހެން ޔާމީން ބޮލަކަށް ނުވަދެވޭނެ. އެއީ މާ ގަޓްހުރި ބޭފުޅެއް. އެ މަނިކުފާނުގެ ސިނކުޑީގަ ލާދީނީ ފިކުރު އަށަގަންނުވާކަށް އުޅޭނެކަމެއްނެތް. ޔާމީން ހަމަ ޖެހޭނީ މިނިވަންކުރަން.

  2. ބޭބެ

    މިކަލޭގެ ބޮޑުޚިޔާނާތުގައިބައިވެރިވެފާ ނަން ފެނުމުން ބުނީ ތިމަންގެނަން ނަގާށޯ ބޑވގ