އުރީދޫގެ ރިވޯޑް ސްކީމް ކްލަބް ޕްރިމިއާރގެ ހިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފްކޮށްފި
އުރީދޫ މޯލްޑިވްސްގެ އެއްވަނަ ދަރަޖައިގެ ރިވޯރޑް ސްކީމް، އުރީދޫ ކްލަބް ޕްރިމިއަރގެ ޚިދުމަތް ސުޕަރނެޓް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފިއެވެ.
ދެހާސް ފަނަރަވަނަ އަހަރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކުރެވިފައިވާ މި ޚިދުމަތަކީ އެ ކުންފުނީގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް އަމާޒުކޮށް ތައާރަފްކުރެވިފައިވާ ވަރަށް ހާއްސަ ރިވޯޑް ސްކީމްއެކެވެ. ކްލަބް ޕްރީމިއާ ރިވޯރޑް ސްކީމްގެ ދަށުން ދިވެހިރާއްޖޭގެ އަދި ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ހާއްސަ ޚިދުމަތްތަކާއި ޑިސްކައުންޓްތައް ލިބިގެންދެއެވެ.
ސުޕަރނެޓް 40އެމް އާއި މަތީގެ ޕެކޭޖްތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރގެ ޚިދުމަތް ލިބޭއިރު، ގެންގުޅުއްވާ ޕެކޭޖަކާއި ގުޅޭގޮތަށް ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރޝިޕްއަށް ބެހިގެންދާނެއެވެ.
ކްލަބް ޕްރިމިއަރ މެމްބަރުންނަށް ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ސިލްވަރ، ގޯލްޑް އަދި ޕްލެޓިނަމް ހިދުމަތް ހިމެނެއެވެ.
"ކްލަބް ޕްރިމިއަރ ރިވޯރޑް ސްކީމްއަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށްޓަކައި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މަގްބޫލް ބްރޭންޑްތަކުން ހާއްސަ ހިދުމަތްތަކާއި ޑިސްކައުންޓްތައް ލިބޭ ގޮތައް ފަރުމާކުރެވިފައިވާ ވަރަށް ހާއްސަ ޕްރޮގްރާމްއެއް. މިއަދު ސުޕަރނެޓް ކަސްޓަމަރުންނަށް ވެސް މިޚިދުމަތަށް އަޅުގަނޑުމެން މި މަރުހަބާ ކިޔަނީ ނުހަނު އުފަލާއެކު، ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންގެ މިފަދަ ޚިދުމަތްތައް ފުޅާކޮށް އިތުރު ފުރިހަމަކަމާއި ގިނަ ފައިދާތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމުން." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ.
ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20އާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއަރ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއަރޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސްގެ މެމްބަރަކަށް ވުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެއެވެ.
ޕްރައޯރިޓީ ޕާސް މެމްބަރޝިޕްއާ އެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާ އެކު ވެސް މި ލައުންޖްތަކުން ޚިދުމަތް ހޯދޭނެއެވެ.
ކްލަބް ޕްރިމިއަރ މެމްބަރޝިޕް ލިބިވަޑައިގަތް ކަސްޓަމަރުންގެ ޑިޖިޓަލް ކާޑް އުރީދޫ އެޕް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ.
ސުޕަރނެޓް ޕެކޭޖް އަޕްގްރޭޑްކުރުމަށް މި ޕޯޓަލްއަށް ޒިޔާރަތްކޮށްލައްވާށެވެ.