ޝާހުރުކްޚާން އެންމެ އަވަހަށް ލީޑްރޯލުން ފެނިގެންދާނީ ފިލްމް “ޕަތާން”އިން
 
                                                    ސިދާތު އާނަންދު ޑައިރެކްޓްކޮށް ޝާހުރުކްޚާން ލީޑް ރޯލުން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ޕަތާން" އިން ކަމަށް ޚަބަރުތައް ބުނެފިއެވެ.
ޝާހުގެ އިތުރުން ދީޕިކާ ޕަޑްކޯން ވެސް ފެނިގެންދާ މި ފިލްމުގައި ޝާހުއާއި ދީޕިކާ ވެސް ފެންނާނީ އިސް ރޯލުންނެވެ. ޝާހުރުކް ފިލްމަކުން ފެނިގެން މިދަނީ ދެ އަހަރެއްހާ ދުވަހު އެކްޓިންއާއި ދުރުގައި ހުރުމަށް ފަހުއެވެ.
ފިލްމު "ޕަތާން" ގެ ޝޫޓިންތައް ކުރިޔަށްދާއިރު ޝޫޓިންގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށް ފިލްމުން ބުނެއެވެ. ފިލްމުގެ ހަރަކާތްތެރިވާ ކްރޫއިން ބޭރުގެ ނޫހަކަށް ރިޕޯޓުކޮށްފައިވާގޮތުގައި ދުބާއީގައި ޝޫޓްކުރި މަންޒަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ބޭނުންކޮށްގެން ނެގި މަންޒަރުތަކެއް ވެސް ހިމެނެ އެވެ.
މި ފިލްމުގެ ޝޫޓިން މުމްބާއީގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ފިލްމާ ދޭތެރޭގައި ޝާހުރުކް ބުނީ މި ފިލްމަކީ އާންމުން މަގުބޫލުކަން ހޯދާނެ ފިލްމެއް ކަމަށެވެ. އަދި ފިލްމާ މެދު ކުރާ އުންމީދު ބޮޑު ކަމަށާ ޝޫޓިންއާ ދޭތެރޭ ވެސް ހިތްހަމަޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
 
  
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
