އެއް އަހަރުގެ ކުއްޖެއް ގަޔަށް އިސްރާއީލު ސިފައިން ޕެޕާސްޕްރޭ ޖަހައިފި

އުމުރުން އެއް އަހަރުގެ ފަލަސްތީނު ތުއްތު އަންހެން ކުއްޖެއްގެ ގަޔަށް އިސްރާއީލު ސިފައިން ޕެޕާސްޕްރޭ ޖަހައިފިއެވެ.
ތުއްތު ކުއްޖާގެ ގަޔަށް ޕެޕާސްޕްރޭ ޖެހުމުން އެ ކުއްޖާ ރޯ ހިތްދަތި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އިސްރާއީލުގެ ސިފައިން އެ ކުއްޖާގެ ގަޔަށް ޕެޕާސްޕްރޭ ޖެހީ، އުމް އަލް ޖަމަލް ކޮމިއުނިޓީގައި ޓްރެކްޓަރަކުން މީހުން ހުސްކޮށް އެ ޓްރެކްޓަރު އެމީހުންގެ ބާރުގެ ދަށަށް އިއްޔެ ގެންނަން އުޅުމުގެ ތެރޭގައެވެ.
ޓްރެކްޓަރު އަތުލަން މަސައްކަތްކޮށް ޕެޕާސްޕްރޭ ޖެހީ އެ ކުއްޖާގެ ބައްޕަ އޭނާ އުރައިގެން އިންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން ކުއްޖާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފަލަސްތީނުގެ ބިންތައް ފޭރިގަތުމުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި، މީގެ ކުރިން ވެސް ވަނީ މިފަދައިން އެކިއެކި ހަމަލާތައް ދީފައެވެ. ހަމަލާ ދިނުމުގައި ކުޑަކުއްޖަކަށް އަންހެނަކަށް އިސްރާއީލު ސިފައިން ބަލައިނުލާކަން އިންސާނީ ޙައްޤުތަކާ ބެހޭ އެކި ޖަމިއްޔާތަކުން ވެސް ފާހަގަ ކޮށްފައިވެއެވެ.
ޔާﷲ ނުބައިނުލަފާ ޔަހޫދީން ނެތިކުރައްވައިފާނދޭވެ. އާމީން
ޔަހޫދީންނަކީ ވަރަށް ނުލަފާ ބަޔެއް